ކ. މާލެ
|
8 ޖުލައި 2023 | ހޮނިހިރު 15:02
އެމްޑީޕީން ބޭއްވި މޯޓިވޭޝަނަލް ސެޝަންގެ ތެރެއިން
އެމްޑީޕީން ބޭއްވި މޯޓިވޭޝަނަލް ސެޝަންގެ ތެރެއިން
ރާއްޖެއެމްވީ
ރައީސް ސާލިހުގެ ކެމްޕޭން
ރައީސް ޞާލިހާ ރިޔާސީ ކެނޑިޑޭޓަކާ ދެމެދު 45 މިނެޓުގެ ދިގު، "އުނދަގޫ" ކޯލެއް
ރައީސް ވިދާޅުވީ، މުޅިން ތަފާތު ފިކުރުގެ ވާހަކަވެސް ދެކެވުނުކަމަށް
ހެނދުނު ހޭފުޅުލެއްވުމަށްފަހު، އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓަކާ ފޯނުން 45 މިނެޓުވަންދެން ވާހަކަފުޅުދެއްކެވި
އެއީ ކޮން ފަރާތަކާއެކު ވެވުނު ކޯލެއްކަން ރައީސް ހާމަކުރައްވާފައެއް ނުވޭ

މިއަދު ހެނދުނު ހޭފުޅުލެއްވުމަށްފަހު، އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓަކާ ފޯނުން 45 މިނެޓުވަންދެން ވާހަކަ ދެއްކެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ކެމްޕޭން މޯޓިވޭޝަނަލް ސެޝަންގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހެނދުނު ހޭފުޅުލެއްވުމަށްފަހު، އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓަކާ ފޯނުން 45 މިނެޓުވަންދެން ވާހަކަފުޅުދެއްކެވިކަމަށެވެ.

އެ ފޯނުކޯލުގައި ވަރަށް ރަނގަޅު ވާހަކަވެސް ދެކެވުނުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މުޅިން ތަފާތު ފިކުރުގެ ވާހަކަވެސް ދެކެވުނު ކަމަށެވެ. ތަފާތު ވިސްނުންތަކުގެ ވާހަކަވެސް ދެކެވުނުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެ ފޯނު ކޯލަށްފަހު ސެޝަނަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ "މައިންޑްސެޓް" ހުންނާނެ ގޮތް ވިސްނަވާލެއްވުމަށް މަޖާޒީ ރާގެއްގައި ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ފަރާތަކާއެކު ވެވުނު ކޯލެއްކަން ރައީސް ހާމަ ކުރައްވާފައެއް ނުވެއެވެ.

އެހެންވީމާ މިއަދު މިތަނަށް އައިއިރު އަޅުގަނޑުގެ މައިންޑްސެޓް ހުންނާނެ ގޮތް ތިބޭފުޅުން ވިސްނަވާލައްވާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސް ވިދާޅުވީ، މޯޓިވޭޝަނަލް ސެޝަންގައި ދެކެވުނު ވާހަކަތަކަށްފަހު، އެ 45 މިނެޓު މަތިން ހަނދުފުޅުމަވެސް ނެތްކަމަށެވެ.

ނަން ހާމަނުކުރެއްވި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާނު ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން މި ދަނޑިވަޅުގައި ރައީސް ސާލިހާ އެންމެ ޚިޔާލުފުޅު ތަފާތުވެ ބަސް ވިދާޅުވަމުން ގެންދަވާ އެއް ބޭފުޅަކީ ކޯލިޝަން ޕާޓްނަރ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

ރައީސް ވަނީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރެއްވުމަށްވެސް މީގެ ކުރިން ގާސިމަށް ގޮވާލައްވާފައެވެ. ނަމަވެސް ދާދި ފަހުން ގާސިމް ވަނީ ވާވެއްދި ފަޅު ވިއްކުން ހުއްޓުވަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންގި އެންގުމަކާ ގުޅިގެން ސަރުކާރަށް އެކަމުގެ ނުރުހުން ފާޅުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް