ކ. މާލެ
|
8 ޖުލައި 2023 | ހޮނިހިރު 14:49
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަން
ރިޔާސީ އިންތިޚާބު
ރިޔާސީ އިންތިޚާބުގެ ކެނޑިޑޭޓުން އިންތިޚާބުގެ ޚަރަދުތައް ކުރުމަށް ވަކި އެކައުންޓެއް ހުޅުވަންޖެހޭ
ބޭންކްތަކާ ވާހަކަ ދައްކަވައިގެން، އެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ
އިންތިޚާބާ ގުޅިގެން ކުރާ އެންމެހައި ޚަރަދެއް ކުރަންވާނީ، އަލަށް ހުޅުވާ ބޭންކް އެކައުންޓް މެދުވެރިކޮށް

ރިޔާސީ އިންތިޚާބުގެ ކެނޑިޑޭޓުން އިންތިޚާބުގެ ޚަރަދުތައް ކުރުމަށްޓަކައި، އެކަމަށް ޚާއްސަކުރާ ބޭންކް އެކައުންޓެއް (އަލަށް ހުޅުވާ އެކައުންޓެއް) ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި، ކެންޑިޑޭޓުގެ ނަމުގައި، ހުޅުވަންވާނެކަމަށް، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު ވިދާޅުވީ، ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ އެންމެހައި ޚަރަދުތަކަށް ޚާއްސަކުރާ ބޭންކް އެކައުންޓެއް ހުޅުވަންވާނެ ކަމަށެވެ.

އަދި ރިޔާސީ އިންތިޚާބުގެ ކޮންމެ ކެންޑިޑޭޓަކުވެސް، އިންތިޚާބާ ގުޅިގެން ކުރާ އެންމެހައި ޚަރަދެއް ކުރަންވާނީ، އަލަށް ހުޅުވާ ބޭންކް އެކައުންޓް މެދުވެރިކޮށްކަންވެސް ހަބީބު ވަނީ ފާހަގަ ކުރައްވާފައެވެ.

އޭގެ އިތުރުން، ކެންޑިޑޭޓަށް އިންތިޚާބާ ގުޅިގެން ލިބޭ އެންމެހައި ފައިސާގެ އެހީވެސް ޖަމާކުރަންވާނީ، އަލަށް ހުޅުވާ އެކައުންޓަށްކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު އިތުރަށް ވިދާޅުވީ، އެފަދަ އެކައުންޓެއް ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ފަސޭހައިން ހުޅުވޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އީސީން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއެކު މަޝްވަރާކުރައްވާފައި ވާކަމަށެވެ.

އަދި ބޭންކްތަކާ ވާހަކަދައްކަވައިގެން، އެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް