ކ. މާލެ
|
8 ޖުލައި 2023 | ހޮނިހިރު 11:54
އަމީނީ މަގުގައި އުޅަނދުތައް ޕާކުކޮށްފައި
އަމީނީ މަގުގައި އުޅަނދުތައް ޕާކުކޮށްފައި
އެމްވީ ޕްލަސް
ދިވެހި ފުލުހުންގެ ޚިދުމަތް
އަމީނީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް މާދަމާއިން ފެށިގެން ޓޯކުރަނީ
ޓޯކުރުމުގެ ކުރިން އުޅަނދުތައް ނަގަން 3 ދުވަހުގެ މުއްދަތެއް ދިން
ދުއްވާ މީހުންނާއި ހިނގާބިނގާވާ މީހުންނަށް ދަތިވާތީ ކަންބޮޑުވުން ފާޅުކުރޭ

އަމީނީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކު ކުރަމުންދާތީ، މާދަމާއިން ފެށިގެން އެ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު މިކަން ހާމަކޮށްފައެވެ. އެގޮތުން، އަމީނީ މަގުގައި ގަވާއިދާ ޚިލާފަށް އެއްގަމު އުޅަނދު ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި، ހިނގާބިނގާވެ އުޅޭ މީހުުންނަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާކަން ފާހަގަކުރެވިފައި ވާކަމަށް އެ އިދާރާއިން ބުނެއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް އެ މަގުން ނެގުމަށް ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން މާދަމާއިން ފެށިގެން އެ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރާނެކަމަށް ފުލުހުން ބުނެއެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ބޮޑުތަކުރުފާނުމަގު ހެންވޭރާ ހިސާބުން ފެށިގެން ބިލަންބޮންގ ހައި އިންޓަނޭޝަނަލް ސްކޫލާ ހަމައަށް މިހާރު ވަނީ ތާރު އަޅައި މަގު ހުޅުވާލާފައެވެ. ނަމަވެސް ސްޓެލްކޯއިން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށް ގިނަ އަދަދެއްގެ އުޅަނދުތައް ހުރީ ޕާކުކޮށްފައެވެ. މީގެ ސަބަބުން މަގުގެ ބޮޑު ޖާގައެއް ގެއްލި، ދުއްވާ މީހުންނާއި ހިނގާބިނގާވާ މީހުންނަށް ދަތިވާތީ ކަންބޮޑުވުން ފާޅުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް