ކ. މާލެ
|
6 ޖުލައި 2023 | ބުރާސްފަތި 14:57
މަޖިލިސް ޖަލްސާއެއްގެ ތެރެއިން
މަޖިލިސް ޖަލްސާއެއްގެ ތެރެއިން
ރާއްޖެއެމްވީ
ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުން
ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ އަންނަ ހޯމަ ދުވަހު
ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހު
ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޖަލްސާ އޮންނާނީ 10 ޖުލައި ވާ ހޯމަ ދުވަހު ހެނދުނު 9:00 ގައި
ފުރަތަމަ ޖަލްސާ ފެއްޓެވުމަށްފަހު 3 މިނެޓުތެރޭ ވަނީ ނިންމާލާފައި

ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޖަލްސާ 10 ޖުލައި ވާ ހޯމަ ދުވަހު ހެނދުނު 9:00ށް ތާވަލުކޮށްފިއެވެ.

މި ޖަލްސާގެ އެޖެންޑާގައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވައިދިނުމަށް އެދި ސިޓީއެއް ހުށަހަޅާފައިވަނީ ޖޫން މަހުގެ 22 ވީ ބުރާސްފަތި ދުވަހުއެވެ. އެ ސިޓީގައި މަޖިލީހުގެ ދައުރު ނިންމާލިއިރު މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ނުކުރެވި ހުރިކަމަަށާއި، މަޖިލީހުގެ ކޮމިޓީތައް ހިންގުން ހުއްޓިފައި އޮތުމުން އެ މަސައްކަތްތައް ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން 22 ޖޫން ވީ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއަށް މަޖިލީހުގެ އެޖެންޑާގައި ހިމެނުމަަަށް މަޖިލީހުގެ ގަވާއިދުގައި ލާޒިމްކުރާ ކަންކަން ހިމަނާފައި ނުވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. ނަމަވެސް އެ ޖަލްސާ ފެއްޓެވުމަށްފަހު 3 މިނެޓުތެރޭ ވަނީ ނިންމާލާފައެވެ. އެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ.

އެ ދުވަހު ޖަލްސާ ނިންމަވާލެއްވީ ޖަލްސާ ކުރިއަށް ގެންދެވޭނީ މިހާރު ޕާޓީތަކުގެ މެމްބަރުންނަށް އައިސްފައިވާ ބަދަލުތަކާއެކު ރިޕޯޓު އަލުން މެންބަރުންނަށް ފޯރުކޮށްދީ، އެއަށް މެންބަރުން ހުށައަޅުއްވަން ޖެހޭ އިސްލާޙުތައް ހުށަހެޅުއްވުމުން ކަމަށް ވިދާޅުވެއެވެ.

އެހިސާބުން ނިޒާމީ ނުކުތާ ނަންގަވަން ބޭނުންވާކަމަށް ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަނިކޮށް، އަފީފް ވަނީ ޖަލްސާ ފެށުނުތާ 3 މިނެޓު ނުވަނީސް ޖަލްސާ ނިންމަވާލައްވާފައެވެ.

އެކަމާ ގުޅިގެން ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ވަނީ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޖަލްސާތަކުގެ އެޖެންޑާގައި ހިމަނާނެ ކަންކަން ދުރާލައި ލިޔުމުން އަންގައިދެއްވުމަށް އެދިފައެވެ. މިފަދައިން އެދިވަޑައިގެންފައިވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއަށް އެޑްރެސްކުރައްވައި ހޯމަ ދުވަހު ފޮނުއްވި ސިޓީފުޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް