Advertisement
ކ. މާލެ
|
5 ޖުލައި 2023 | ބުދަ 17:21
ކޯސްޓްގާޑުން ކަނޑުމަތީގައި ހަރަކާތްތެރިވަނީ
ކޯސްޓްގާޑުން ކަނޑުމަތީގައި ހަރަކާތްތެރިވަނީ
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް
ލޯންޗެއްގެ ބެޓެރި ގޮވައި، ބަޔަކަށް އަނިޔާވުން
އުނގޫފާރުން މާލެއަށް ދަތުރުކުރި ލޯންޗެއްގެ ބެޓެރިއެއް ގޮވައި، ހަ މީހަކަށް އަނިޔާވެއްޖެ
39 މީހުން އެ ލޯންޗުގައި ދަތުރުކުރި
އަނިޔާ ލިބުނު މީހުންނަށް އެރިޔަދޫ ރިސޯޓުގެ ކްލިނިކުން ދަނީ ފަރުވާ ދެމުން

ރ. އުނގޫފާރުން މާލެއަށް ދަތުރުކުރި ލޯންޗެއްގެ ބެޓެރިއެއް ގޮވައި، ހަ މީހުންނަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އުނގޫފާރުން މާލެއަށް 39 މީހުންނާއެކު ދަތުރުކުރި "ކްރިސްޓަލް ސްޕީޑް" ކިޔާ ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވުމުގެ ސަބަބުން 6 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގާފައިވަނީ އެރިޔަދޫ ރިސޯޓު ކައިރިން ކަމަށެވެ. އަދި އަނިޔާ ލިބުނު މީހުންނަށް އެރިޔަދޫ ރިސޯޓުގެ ކްލިނިކުން ފަރުވާ ދެމުންދާ ކަމަށާއި، ލޯންޗު އޮތީ އެރިސޯޓުގައި މަޑުކޮށްގެން ކަމަށެވެ.

Advertisement

ނަމަވެސް އެމީހުނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

އެމްއެންޑީއެފްގެ ކޯސްޓުގާޑުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ ބުދަ ދުވަހުގެ ހަވީރު 4:00 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް