Advertisement
ކ. މާލެ
|
4 ޖުލައި 2023 | އަންގާރަ 21:07
އެކްސިޑެންޓުގައި އަނިޔާވި އަލީ ހަފީޒް
އެކްސިޑެންޓުގައި އަނިޔާވި އަލީ ހަފީޒް
އެމްއެންޔޫ
އަޟްޙާ އީދު ދުވަހު ހިނގި އެކްސިޑެންޓް
ހަފީޒުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން މީހާގެ ބަންދަން 15 ދުވަސް
އުމުރުން 22 އަހަރުގެ މި މީހާ އަތުގައި ލައިސަންސެއް ނޯވޭ

އަޟްޙާ އީދު ދުވަހުގެ ފަތިހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މިއެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ހޯމަ ދުވަހުއެވެ. އެއަށްފަހު އަންގާރަ ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ޖަހައިދީފައިވާކަމަށް ފުލުހުން ބުނެއެވެ. އުމުރުން 22 އަހަރުގެ މި މީހާ އަތުގައި ލައިސަންސް ނޯންނަކަމަށް ފުލުހުން ބުނެއެވެ. ސައިކަލު ދުއްވި މީހާ ހައްޔަރުކުރުން ފަސްވެގެން މީހުންގެ ފާޑުކިޔުންތައް ފުލުހުންނަށް އަމާޒުވެފައިވާއިރު، އެކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރުން ފަސްކުރީ އޭނާއަށްވެސް އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވުމާއެކު، ފަރުވާދެމުން ދާތީކަމަށެވެ.

Advertisement

މި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުން އަންނަނީ ގައުމީ ޔުނިވަސިޓީގެ ލެކްޗަރަރ އަލީ ހަފީޒްއަށެވެ. ހަފީޒް އެކްސިޑެންޓުވެފައިވަނީ ހީނާމާގޭ ޕާކިންގ ޒޯނު ކައިރީގައި ހުންނަ މިސްކިތުން ފަތިސް ނަމާދުން ނިމިވަޑައިގެން ނުކުންނެވިތަނާއެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި ސައިކަލު ދުއްވާފައި އައީ ވަރަށް ބާރަށެވެ. އަދި ހަފީޒުގެ ގައިގައި ސައިކަލު ޖެހުމުން އޭނާ ވަރަށް ދުރަށް ވިއްސައިގެން ދިޔަކަމަށް ބުނެފައިވެއެވެ.

އެކްސިޑެންޓްވުމާއެކު ހަފީޒް އޭޑީކޭއަށް ގެންގޮސް އައިސީޔޫގައި ފަރުވާދީފައިވާއިރު އިތުރު ފަރުވާއަށް އަންގާރަ ދުވަހު އޭނާ ވަނީ އިންޑިޔާއަށް ގޮސްފައެވެ. ހަފީޒްގެ ހާލު ދެރަކަމުން ކޮމަރޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް ނުގެންދެވޭތީ ބޭރަށް ގެންގޮސްފައިވަނީ އެއަރ އެމްބިއުލާންސެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް