ކ. މާލެ
|
4 ޖުލައި 2023 | އަންގާރަ 11:05
ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ރާއްޖެ ވަޑައިގަތުން
ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ރާއްޖެ ވަޑައިގަތުން
އިސްލާމިކް މިނިސްޓްރީ
ޙައްޖުގެ މަތިވެރި އަޅުކަން
ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އިސްލާމިކް މިނިސްޓަރ ރާއްޖެ ވަޑައިގެންފި
ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނީ މި މަހުގެ 07ން ފެށިގެން

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ ރާއްޖެ ވަޑައިގެންފިއެވެ. މިނިސްޓަރ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ހަމަޖެއްސެވި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްވެސް ވަނީ މިއަދު ރާއްޖެ ވަޑައިގެންފައެވެ

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނީ މި މަހުގެ 07ން ފެށިގެންނެވެ.

ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތައް:

އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް – 07 ޖުލައި 2023

މޯލްޑިވްސް ޙައްޖުކޯޕަރޭޝަން ލިމިޓެޑް – 07 ޖުލައި 2023

މޯލްޑިވްސް ޙައްޖުކޯޕަރޭޝަން ލިމިޓެޑް – 10 ޖުލައި 2023

ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް – 11 ޖުލައި 2023

އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – 11 ޖުލައި 2023

އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – 12 ޖުލައި 2023

މޯލްޑިވްސް ޙައްޖުކޯޕަރޭޝަން ލިމިޓެޑް – 14 ޖުލައި 2023

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް