Advertisement
ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 14:45
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް
މަޖިލިސް
މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވާ ގޮތް
މަޖިލީހުގެ ރިޔާސަތުން ދަނީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަމުން: މެންބަރު ޝަހީމް
ޖަލްސާއެއް އޮންނަކަން އެންގީ ޖަލްސާއަށް ނާދެވޭ ވަރަށް ވަގުތު ކުޑަތަންވެފައިވަނިކޮށް
މިއީ ސީރިއަސް މައްސަލައެއް، މަޖިލީހަށް ހުށަހަޅާގެން ގޮތެއް އަވަހަށް ނިންމަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ދަނީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަމުން ކަމަށާއި، މި މައްސަލާގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެމްޑީޕީގެ ޕާލިމެންްޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޝަހީމް ވިދާޅުވީ އެމްޑީޕީއަކީ މެޖޯރިޓީ ޕާލިމެންޓްރީ ގުރޫޕް ކަމަށާއި، މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވަމުން ގެންދަވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. ރިޔާސަތުން މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަމުންދާއިރު، މިމައްސަލަ ބަލަންޖެހޭ ކަމަށް މެންބަރު ޝާހިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ ސީރިއަސް މައްސަލައެއް ކަމަށާއި، މަޖިލީހަށް ހުށަހަޅާގެން ގޮތެއް އަވަހަށް ނިންމަންޖެހޭ ކަމަށެވެ.

Advertisement

ހޯމަ ދުވަހު ބޭއްވި ޖަލްސާއަށް އިޝާރާތް ކުރައްވައި މެންބަރު ޝަހީމް ވިދާޅުވީ މި ޖަލްސާއިން ވެސް ރިޔާސަތުން އަމަލުކުރެއްވި ގޮތް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި ވިދާޅުވީ ޖަލްސާ ބާއްވަން ނިންމާ، މެންބަރުންނަށް ޖަލްސާއެއް އޮންނަކަން އެންގީ ވެސް ޖަލްސާއަށް ނާދެވޭ ވަރަށް ވަގުތު ކުޑަތަންވެފައިވަނިކޮށް ކަމަށް މެންބަރު ޝަހީމް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް މިއަދު ޖަލްސާއެއް އޮންނަކަން އެނގުނީ މަޖިލިސް ސެކިއުރިޓީ ބަލަހައްޓަވާ އެމްއެންޑީއެފްއަށް ޖަލްސާއެއް އޮންނަކަން އެނގިފައި އޮންނަތާ 5 ގަޑިއިރަށް ވުރެ ފަހުން. މަޖިލިސްގައި އެބަތިއްބެވި އެކިއެކި ހާލަތްތައް ދިމާވެގެން ސެކިއުރިޓީ ފޯރުކޮށްދެއްވާ މެންބަރުން. އެ މެންބަރުންގެ ސެކިއުރިޓީއަށް މަޖިލީހުގެ ޖަލްސާއެއް އޮންނަކަން އެނގިގެން ސެކިއުރިޓީ މެދުވެރިކޮށް ޖަލްސާއަށް ވަޑައިގަންނަވަން އޮތީ ކިހައި އިރަކުތޯ ސުވާލުކުރުމުން އެނގުނީ ވެސް ޖަލްސާއެއް އޮންނަކަން.
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް

މެންބަރު ޝަހީމް ވިދާޅުވީ ވަގުތު ކުޑަތަންވެފައިވަނިކޮށް މަޖިލިސް ޖަލްސާއެއް އޮންނަކަން އެންގުން މިއީ ވަރަށް ދެރަކޮށް މަޖިލީހުގެ އިދާރާއިން ކުރި ކަމެއް ކަމަށެވެ. މުޅި ރާއްޖެ ތަމްސީލު ކުރާ މެންބަރުންނަށް ޖަލްސާއަށް އާދެވޭ ވަރަށް ވަގުތު އޮއްވާ އަންގަންޖެހޭ ކަމަށް މެންބަރު ޝަހީމް ވިދާޅުވިއެވެ. ނަމަވެސް ރިޔާސަތުން އަމަލުކުރައްވަމުން ގެންދަވާ ގޮތަށް ބަލާއިރު މިއީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް މެންބަރު ޝަހީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް