ކ. މާލެ
|
2 ޖުލައި 2023 | އާދީއްތަ 15:31
މީހެއްގެ ކާޑަކުން ވަގަށް ވިޔަފާރިކުރި މީހާ
މީހެއްގެ ކާޑަކުން ވަގަށް ވިޔަފާރިކުރި މީހާ
ޕޮލިސް
ވަގަށް ވިޔަފާރިކުރުން
އެހެން މީހެއްގެ ކާޑަކުން ވަގަށް ވިޔަފާރިކުރި މީހަކު ހޯދަނީ
ވެރިފަރާތަށް ނޭނގި 10،000 ރުފިޔާގެ ވިޔަފާރިކޮށްފައިވޭ
ތަހުގީގަށް އެމީހާ ހޯދުމަށް ފުލުހުން ވަނީ އިއުލާނުކޮށްފައި

އެހެން މީހެއްގެ އެކައުންޓުން، އެ މީހާއަށް ނޭނގި ވިޔަފާރިކުރި މީހަކު ހޯދަން ފަށައިފިއެވެ.

އެމީހާގެ ފޮޓޯ އާންމުކޮށް ފުލުހުން ބުނެފައިވަނީ، އެމީހާ ވަނީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި 10،500 ރުފިޔާގެ މުއާމަލާތެއް ކޮށްފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގުގައި ސުވާލު ކުރަން ބޭނުންވާތީ އެމީހާ ހޯދަން ވަނީ އިއުލާނުކޮށްފައެވެ. އަދި އެއީ ކާކުކަން ދެނެގަނެވިފައި ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަން ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް