ކ. މާލެ
|
1 ޖުލައި 2023 | ހޮނިހިރު 20:18
ގެއްލިގެން ހޯދަމުންދިޔަ މ. އާޒާދީގުލްޝަން / އާތިފާ އަބްދުﷲ (53އ)
ގެއްލިގެން ހޯދަމުންދިޔަ މ. އާޒާދީގުލްޝަން / އާތިފާ އަބްދުﷲ (53އ)
ރާއްޖެއެމްވީ
މީހަކު ގެއްލުން
ވިލިމާލެއިން ގެއްލުނު އަންހެން މީހާ އަމިއްލައަށް ގެއަށް ހިނގައްޖެ
އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނޭ

ވިލިމާލެއިން ގެއްލުނު މ. އާޒާދީގުލްޝަން / އާތިފާ އަބްދުﷲ (53އ) އަމިއްލައަށް ގެއަށް ގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އޭނާ ގެއްލިގެން ފުލުހުން ހޯދަން ފެށީ ހޮނިހިރު ދުވަހު 10:25 އެހާކަންހާއިރުއެވެ.

އާތިފާ ގެއްލުނުއިރު ލައިގެން ހުރީ ފެހިކުލައިގެ ހެދުމެއްކަމަށާއި، އަޅައިގެންހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް