ކ. މާލެ
|
30 ޖޫން 2023 | ހުކުރު 15:26
މާލެ މަތިން ނަގައިފައިވާ ފޮޓޯއެއް
މާލެ މަތިން ނަގައިފައިވާ ފޮޓޯއެއް
އަވަސް
މަރުވެފައި އޮތް މީހަކު ފެނުން
މާލޭ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައި
ހޭނެތިފައި މީހަކު އޮތްކަމުގެ ރިޕޯޓު ލިބިފައިވަނީ މެންދުރުފަހު 13:20 އެހާއިރު
މަރުވި މީހާގެ އުމުރަކީ 43 އަހަރު

ހެންވޭރުގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ހެންވޭރުގެ ގެއެއްގައި ޚަބަރު ހުސްވެފައި މީހަކު އޮތް ކަމުގެ ރިޕޯޓު މިއަދު މެންދުރުފަހު 13:20 އެހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، އެމީހާ އޭޑިކޭއަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އޭޑީކޭއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނިޔާވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް