ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިގެންދާނެ އުސޫލްތަކެއް ކަނޑައެޅުމަށްޓަކައި އެޓާނީ ޖެނެރަލް، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުމެއް ކުއްލިގޮތަކަށް އެ ކޯޓުގައި ތާވަލް ކޮށްފިއެވެ.
މި މައްސަލަ ތާވަލްކޮށްފައިވަނީ މިއަދު ހަވީރު 16:30 އަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައަށް ތަދައްޚުލް ވުމަށް ރައްޔިތުންގެ މަޖިލީހުގެ 31 މެންބަރަކު ހުށަހަޅާފައިވާއިރު، އެ ފަރާތްތަކަށް ސުޕްރީމް ކޯޓުން އަދި އެ ފުރުޞަތު ދީފައެއް ނުވެއެވެ.
31 Majlis membraku thadhakhul vumah edhi hushahalhafa vanikoh efurusathu nudhee SC in AG ge dhusthooree masala miadhu 16:30ah schedule kohfi pic.twitter.com/7r6MdGa7tu
— Hisaan (@hisaanhussain) July 13, 2017
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެޓާނީ ޖެނެރަލް ވަނީ ސުޕްރީމު ކޯޓުގައި އެދިފައެވެ.
ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ މެންބަރެއްގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
އެއީ މެންބަރަކު ހޮވޭ ސިޔާސީ ފިކުރަކާ ހިލާފުވުމާއި ޕާޓީ ވަކިވުމާ އަދި އެހެން ޕާޓީއަކާ ގުޅުމެވެ. މައްސަލަ ހުށަހެޅީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި 74 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ މާނަކޮށްދިނުމަށެވެ.