ކ. މާލެ
|
30 ޖޫން 2023 | ހުކުރު 05:59
ދިވެހި ޙައްޖުވެރިންތަކެއް
ދިވެހި ޙައްޖުވެރިންތަކެއް
ހައްޖު ކޯޕަރޭޝަން
ހައްޖުވެރިއަކު ގެއްލިގެން ހޯދަނީ
ދިވެހި ހައްޖުވެރިއަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުން އަންނަނީ އަލް ހަރަމިން ގްރޫޕްގެ ހައްޖަށް ދިޔަ އުމުރުން 72 އަހަރުގެ މުހައްމަދު ނަސީމް އަލީ
ނަސީމް ގެއްލުނީ އަރަފާތަށް ދިޔުމުގެ ކުރިން

ދިވެހި ހައްޖުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އަލް ހަރަމިން ގްރޫޕްގެ ހައްޖަށް ދިޔަ އުމުރުން 72 އަހަރުގެ މުހައްމަދު ނަސީމް އަލީ ނަމަކަށް ކިޔާ މީހެކެވެ. އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަދީލް "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނަސީމް ގެއްލިފައިވާކަން އާއިލާއަށް ވެސް އަންގާފައިވާކަމަށެވެ. އަދީލް ވިދާޅުވީ ހައްޖު ދުވަހުގެ ކުރީ ދުވަހު ނަސީމް ގްރޫޕާއެކު ހުރިކަމަށާއި ގެއްލުނީ އަރަފާތަށް ދިޔުމުގެ ކުރިން ކަމަށެވެ. އޭގެފަހުން މިހާރު ތިން ދުވަސްވެފައިވާއިރު ނަސީމް ހޯދުމުގެ މަސައްކަތް ހައްޖު މިޝަން އާއި އޭނާ ގެންދިޔަ ގްރޫޕުން ވެސް ކުރަމުންދާކަމަށެވެ.

މީގެއިތުރުން މިހާރު ސައުދީގެ އިދާރާތަކަށް ވެސް އެކަން އަންގާފައިވާކަމަށް އަދީލް ވިދާޅުވިއެވެ. ސައުދީގެ ކަމާބެހޭ ފަރާތްތަކުގެ އެހީއާއެކު ނަސީމް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އަދީލް ވިދާޅުވިއެވެ.

ހައްޖާއި އުމްރާއަށް ދާ ދިވެހިންނަށް މަގުއޮޅި ގެއްލުމުގެ ހާދިސާތައް މީގެކުރިން ވެސް ހިނގާފައިވެއެވެ. ހައްޖުވެރިންގެ އަތުގައި އޮންނަ ކާޑުން އެމީހުންގެ ގްރޫޕަށް ގުޅޭނެ ނަންބަރާއި އިތުރު މައުލޫމާތުތައް ހުރެއެވެ. އެކާޑުގެ އެހީގައި މީހުން ހޯދަން ފަސޭހަވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް