ކ. މާލެ
|
29 ޖޫން 2023 | ބުރާސްފަތި 17:21
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ޕޮލިސް މީޑިޔާ
މީހަކަށް މަރުގެ އިންޒާރު ދިން މައްސަލަ އެއް
ހުޅުމީދޫގައި މީހަކަށް މަރުގެ އިންޒާރު ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ފުލުހުން ދަނީ މި ދެ މައްސަލަވެސް ތަހުގީގުކުރަމުން
ރަށު ތެރޭގެ އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވޭ
ފުރަތަމަ އޭނާ ހައްޔަރުކުރީ ޖޫން މަހުގެ 27 ވަނަ ދުވަހު

މީހަކަށް މަރުގެ އިންޒާރުދިން މައްސަލާގައި ހުޅުމީދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމީދޫގައި ރަށު ތެރޭގެ އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

ފުރަތަމަ އޭނާ ހައްޔަރުކުރީ ޖޫން މަހުގެ 27 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރުމަށް ފަހު 24 ގަޑިއިރު ފަހުން ދޫކޮށްލާފައިވާ ކަމަށެވެ.

އޭގެ ފަހުން ޖޫން 28 ވަނަ ދުވަހު އޭނާ ހައްޔަރުކުރީ މީހަކަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދަނީ މި ދެ މައްސަލަވެސް ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް