Advertisement
ކ. މާލެ
|
29 ޖޫން 2023 | ބުރާސްފަތި 04:23
މާފުށި ޖަލު
މާފުށި ޖަލު
ޓްވިޓަރ
ޖަލުގެ ތަފާސްހިސާބު
މެއި މަހު 50 މީހުން ޖަލަށްލި، އެންމެ ގިނަ މީހުން ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލަތަކުގައި
62.8 އިންސައްތަ މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި
މެއި މަހު 46 މީހުން ޖަލުން މިނިވަންވެފައިވޭ

މެއި މަހު 50 މީހުން ޖަލަށްލާފައިވާއިރު އެންމެ ގިނަ މީހުން ޖަލަށް ލާފައިވަނީ ޑްރަގުގެ މައްސަލަތަކުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަރެކްޝަންސް އިން އާންމުކޮށްފައިވާ މެއި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މެއި މަހު ޖަލަށްލީ މީހުންގެ ތެރެއިން 43 މީހުންނަކީ ޖަލަށްލުމަށް ހުކުމްކޮށްގެން ހުކުމް ތަންފީޒުކުރުމަށް ގެންދެވުނު މީހުންނެވެ. އަދި 7 މީހުންނަކީ ކޯޓު އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންނެވެ.

ޖަލަށް މީހުން ލާފައިވާ މައްސަލަތަކަށް ބަލާއިރު 62.8 އިންސައްތަ މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. ދެން އެންމެ ގިނަ މީހުން ޖަލަށް ލާފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައެވެ. އެފަދަ މައްސަލަތަކުގައި 20.9 އިންސައްތަ މީހުން ޖަލަށް ލާފައިވެއެވެ. 

Advertisement

މެއި މަހު 46 މީހުން ޖަލުން މިނިވަންވެފައިވެއެވެ. އޭގެތެރެއިން 35 މީހުންނަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހުންނެވެ. 11 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ މީހުންނެވެ.

މިނިވަންވި ގައިދީންގެ ތެރޭގައި ހިމެނޭ 27 ގައިދީންނަކީ ހުކުމް ތަންފީޒުކޮށް ނިމުނު ގައިދީންނެވެ. ހަތަރު ގައިދީއަކީ ކްލެމެންސީގެ ދަށުން މިނިވަންވި ގައިދީންނެވެ. އަދި ހަތަރު ގައިދީއަކު ޕެރޯލްގެ ދަށުން މިނިވަންވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް