Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 13:39
ޕީޕީއެމްގެ މެމްބަރުން މަޖިލީހުގައި ސެލްފީއެއް ނަގަނީ
ޕީޕީއެމްގެ މެމްބަރުން މަޖިލީހުގައި ސެލްފީއެއް ނަގަނީ
އަޒުމޫން އަހުމަދު
މެމްބަރުންގެ ގޮނޑި ގެއްލުން
މެމްބަރުކަން ގެއްލޭ މައްސަލައަށް ޝާހީނާއި މައުމޫން ހަމީދު ތަދައްޚުލްވެއްޖެ
ދެ ފަރާތަށް އިންސާފު ލިބިދާނެ ކަމަށް ގަބޫލެއް ނުކުރޭ
މި މައްސަލަ ގާނޫނު އަސާސީއާ ޚިލާފު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިގެންދާނެ އުސޫލްތަކެއް ކަނޑައެޅުމަށްޓަކައި އެޓާނީ ޖެނެރަލް، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް، މަޝްހޫރު ގާނޫނީ ވަކީލް ޝާހީން ހަމީދާއި މައުމޫން ހަމީދު ހިމެނޭ ގޮތަށް ގާނޫނީ ވަކީލުންތަކެއް ތަދައްޚުލް ވެއްޖެ އެވެ.

 

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން، ޝާހީން ވިދާޅުވީ ޕްރިމިއާ ޗެމްބާގެ ފަރާތުން މި މައްސަލައަށް ތަދައްޚުލްވެފައިވަނީ އޭނާ އާއި މައުމޫނު ހަމީދުގެ އިތުރުން މާޒު ޝަރީފު އާއި މުހައްމަދު އިބްރާހިމް އާއި އައިޝަތު ޝިފާލާ އަދި އިބްރާހިމް ޝަމީލެވެ.

 

މި މައްސަލައަށް ތަދައްޚުލްވެވަޑައިގަތީ، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޝާހީން ވިދާޅުވި ގޮތުގައި، ފުރިހަމަ އިންސާފެއް ނުލިބިދާނެތީ އާއި ގާނޫނު އަސާސީއާ ހިލާފު ކަންކަތްތަކެއް ހުރި ކަމަށް ގަބޫލުކުރެއްވޭތީ އެވެ.

 

"މި މައްސަލަ ހުށަހަޅުއްވާފައި ވަނީ އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި. އެކްސްޕާޓޭ މައްސަލައަކީ ވަރަށް ހާއްސަ އުސޫލްތަކެއްގެ ދަށުން ހުށަހަޅައިގެން، ވަރަށް މުހިންމު ޒިންމާތަކެއް ބިނާވާ ބާވަތެއްގެ ހުށަހެޅުމެއް. އެއް ފަރާތް ހިމެނިގެން ހުށަހަޅައިގެން. އަނެއް ފަރާތަށް ވެސް ގެއްލުމެއް ލިބޭނެ ކަންކަން ބަޔާން ކުރަންވާނެ. މިފަދަ މައްސަލަތަކުގައި ވަކި ފަރާތަކަށް ރައްދު ނުވާތީ ދެ ފަރާތައް އިންސާފު ލިބޭ ގޮތަށް ހުށަހެޅުން އޮންނަން ވާނީ. މި މައްސަލައިގައި އެ ވަރަށް އެޓާނީ ޖެނެރަލްގެ ހުށަހެޅުން އޮތް ކަމަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މި މައްސަލަ ހުށަހަޅާފައިވާ ގޮތުން އެއް ފަރާތަކަށް ފައިދާވާ ގޮތަށް ހިނގައިދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

 

މި މައްސަލައަކީ ގާނޫނާ ހިލާފު މައްސަލައެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވެސް ވަނީ ތަދައްޚުލްވެވަޑައިގެންފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް