Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 12:10
ފާރިސް މައުމޫން
ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސްގެ ވަކީލުންގެ އެދުމުގެ މަތިން މައްސަލަ ޖުލައި 20 އަށް ފަސްކޮށްފި
ފާރިސްގެ މައްޗަށް އުފުލާފައި ވަނީ ޝަޙްސް އޮޅުވާލުމުގެ ދައުވާ

އިދިކޮޅު ސިޔާސީ ހަރަކާތުގައި އިސް ދައުރެއް އަދާކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން، އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާގެ ޝަރީއަތް ޖުލައި 20 އަށް ފަސްކޮށްފި އެވެ. 

 

ފާރިސްގެ ޝަރީއަތް ފަސްކުރީ، މިއަދު ބޭއްވި އަޑުއެހުމުގައި، ފާރިސްގެ ޝަރީއަތް ފަސްކޮށްދިނުމަށް އޭނާގެ ވަކީލުން އެދިވަޑައިގަތުމުންނެވެ. 

 

މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ފާރިސް މައުމޫނުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ވަޑައިގެންފައި ވަނީ މައުމޫނު ހަމީދެވެ.

 

ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޝަޙްސު އޮޅުވާލުމުގެ ދައުވާ އެވެ. އެދައުވާގެ ލިޔެކިއުންތައް ފާރިސްއަށް މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެހެން ކަމުން ކްރިމިނަލް ކޯޓުގައި މިއަދު އޮންނާނީ އިބްތިދާއީ ބައްދަލުވުން ކަމަށް ބެލެވެއެވެ.

 

ފާރިސްގެ މައްޗަށް ޖިނާއީ ދައުވާއުފުލާފައި މި ވަނީ ގާނޫނާ ހިލާފަށް ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ފާރިސް ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ އެއްވެސް އިރެއްގައި އެޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ބޭނުންކުރައްވާފައި ނުވާނެ ކަމަށެވެ.

 

ފާރިސްގެ މައްޗަށް ދައުވާކޮށް ޝަރީއަތް މި ފެށީ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނިކޮށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް