ކ. މާލެ
|
27 ޖޫން 2023 | އަންގާރަ 23:43
ޔޫއެންގެ ރެޕަޓުއަރ
ޔޫއެންގެ ރެޕަޓުއަރ
ރޮއިޓާސް
ދުނިޔެ
ގުއަންޓަނަމޯ ޖަލުގެ ޤައިދީންގެ ކިބައިން އެމެރިކާ ސަރުކާރުން މަޢާފަށް އެދޭނެ ބާ؟
ގުއަންޓަނަމޯ ބޭ ޖަލުގައި ތިބި ޤައިދީންނާ މެދު އެމެރިކާގެ ސަރުކާރުން އަމަލުތައް ހުރީ އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ މޭރުމަކުން
20 އަކަށް އަހަރު ދުވަހު ބަންދުގައި ތިބި ޤައިދީން އުފުލަމުން ދަނީ ވަރުގަދަ ތަކުލީފެއް
ގުއަންޓަނަމޯ ބޭ ޖަލު ޤާއިމް ކޮށްފައި ވަނީ، 2002 ވަނަ އަހަރު

އަނިޔާވެރި ކަމާ ދެކޮޅަށް އެންމެ ގަދަ އަޑުން ވަކާލާތު ކުރަމުންދާ އެއް ޤައުމަކީ އެމެރިކާ ކަމުގައި އެ ޤައުމުން ދުށް ކަމުގައި ވީ ނަމަވެސް، ޙަޤީޤަތަކީ އެއީ ނޫން ކަމަށް އިއްތިފާޤު ވާ މީހުންގެ ޢަދަދު މަދެއް ނޫނެވެ. ގުއަންޓަނަމޯ ބޭ ޖަލުގެ ނަން ބުނެފި ނަމަ، އެމެރިކާގެ ލާއިންސާނީ އަނިޔާވެރިކަމުގެ އިތުރު ތަފްސީލަކަށް ބޭނުން ނުވާނެކަން ޔަޤީނެވެ. އިސްލާމުންނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ އަނިޔާވެރިކަމުގެ ހެއްކަކަށް، ގުއަންޓަނަމޯ ބޭ ޖަލު ފުދެއެވެ.

ބައިނަލްއަޤުވާމީ ޤާނޫނީ އިމުގެ ތެރެއިން ބަލާއިރު، ގުއަންޓަނަމޯ ބޭ ޖަލުގައި ތިބި ޤައިދީންނާ މެދު އެމެރިކާގެ ސަރުކާރުން އަމަލު ކުރީ އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ މޭރުމަކުން ކަމަށް އދގެ ޚާއްޞަ ރެޕަޗުއަރ ފިނުއެލާ ނީ އޮއެލެއިން ވަނީ ސިފަ ކުރައްވާފައެވެ. ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ކުރިއެރުވުމާއި ރައްކާތެރިކުރުމާ ބެހޭ އދގެ ޚާއްޞަ މުޤައްރިރު، ފިނުއެލާ ނީ އޮއެލެއިން ވަނީ، ޤައިދީންގެ ކިބައިންގެ މަޢާފަށް އެދި، ބަދަލު ދިނުމަށްވެސް އެމެރިކާ ސަރުކާރަށް ގޮވާލައްވާފައެވެ.

ފިނުއެލާ ނީ އޮއެލެއިން ވަނީ ކިއުބާގައި އެމެރިކާއިން ހިންގަމުންދާ ގުއަންޓަނަމޯ ބޭ ޖަލަށް ޒިޔާރަތް ކުރައްވާ، އެތަނުގެ ހާލަތު ހުރި ނެތް ގޮތް ބައްލަވާލައްވާފައެވެ. މިއީ އދގެ ތަޖުރިބާކާރަކު، ރަސްމީ ސިފައެއްގައި ގުއަންޓަނަމޯ ބޭ ޖަލަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ. ވިއްސަކަށް އަހަރު ދުވަހު ބަންދުގައި ތިބި ޤައިދީން އުފުލަމުން ދަނީ ވަރުގަދަ ތަކުލީފެއް ކަމަށާ، އެކަން އަދިވެސް އެގޮތުގައި ހިނގަމުން ދާކަން އދގެ ޚާއްޞަ މުޤައްރިރު ވަނީ ފާހަގަ ކުރައްވާފައެވެ.

މި ރިޕޯޓުގައި، ޓެރަރިޒަމްގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދުމާއި، ޖަވާބުދާރީވުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމުގެ ޙައްޤުތައް ދަމަހައްޓާފަ އޮންނާނެ. އެކަމަކު،  ފެންނަ ފެނުމުގައި ޝިކާރައަކަށް ވެފައިވާ މީހުންނާއި ސަލާމަތްވި މީހުންގެ ޙައްޤުތައް ފުރިހަމަ ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ލާއިންސާނީ އަނިޔާ. މި އަނިޔާވެރިކަމަކީ، ސެޕްޓެމްބަރު 11 ގެ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ޙައްޤުތަކަށް ޚިޔާނާތްތެރިވުން. ޝަރުއީ ޤަރާރެއް އެކުލަވާލާ، މައާފަށް އެދި، މިކަން ތަކުރާރު ނުކުރާނެ ކަމުގެ ޔަޤީންކަން ދިނުން އެބަޖެހޭ އަވަސްކުރަން.
ފިނުއެލާ ނީ އޮއެލެއިން؛ އދގެ ޚާއްޞަ މުޤައްރިރު

އދގެ ޚާއްޞަ މުޤައްރިރު، ފިނުއެލާ ނީ އޮއެލެއިންގެ ވާހަކަތަކާ ގުޅިގެން އެއްޗެއް ބުނުމަށް އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) ގައި އެދުމުން، އެކަމަށް އިޖާބައެއް ދީފައި ނުވާ ކަމަށް ރޮއިޓަރޒްއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ގުއަންޓަނަމޯ ބޭ ޖަލު ޤާއިމް ކޮށްފައި ވަނީ، 2002 ވަނަ އަހަރު، އޭރު އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ރައީސް ޖޯޖް ޑަބްލިއު ބުޝްއެވެ. އެއީ ސެޕްޓެމްބަރު 11 ގެ ހަމަލާތަކާއި ގުޅިގެން ބޭރުގެ ހަނގުރާމަވެރިންގެ ގޮތުގައި ޝައްކުކުރެވޭ މީހުން ބަންދުގައި ބޭތިއްބުމަށް ތައްޔާރު ކުރި ޖަލެކެވެ. ޖަލުގައި ތިބި ޤައިދީންގެ ޢަދަދު ދަށަށް ދާން ފެށުމުގެ ކުރިން، ޤައިދީންގެ ލިސްޓު، 800 އެއްހާ މީހުންނަށް އިތުރުވެގެންވެސް ދިޔައެވެ.

އެމެރިކާގެ އަދުގެ ރައީސް ޖޯ ބައިޑަން ވަނީ ގުއަންޓަނަމޯ ބޭ ޖަލު ބަންދުކުރަން ބޭނުންފުޅު ވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަން ކުރުމުގެ ޕްލޭނެއް އަދި ހުށަހަޅުއްވާފައި ނުވާއިރު، 30 އަކަށް ޤައިދީން މިހާރުވެސް އެ ޖަލުގައި އެބަތިއްބެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އުފައްދަވާ، ލާއިންސާނީ އަނިޔާ ދިނުމުގެ ލައް ޖެހިފައިވާ ގުއަންޓަނަމޯ ބޭ ޑިޓެންޝަން ކޭމްޕު (ޖީޓީއެމްއޯ) ނުވަތަ ގުއަންޓަނަމޯ ޖަލު ބަންދު ކުރުމަށް، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއި އެފަދަ އެހެން އިދާރާތަކުން ދަނީ ގޮވާލަމުންނެވެ.

ވެރިކަމުގެ ދައުރަށް ފެއްޓެވުމާއެކުގައި ހެން، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ގުއަންޓަނަމޯ ޖަލު ބަންދު ނުކުރުމަށް ބާރުދޭ ރިޔާސީ ގަރާރެއްގައި ސޮއި ކުރައްވާފައެވެ. އޭގެ ފަހުން އެ ޖަލަށް އެއްވެސް އާ ގައިދީއަކު ވައްދާފައެއް ނުވެއެވެ. ގުއަންޓަނަމޯ ބޭ ޖަލުގައި މުސްލިމު ޤައިދީން ތިބި އިރު، އެ ޖަލުގައި ޤައިދީން ބަންދު ކޮށްފައި ވަނީ މުއްދަތެއްވެސް ނެތް ގޮތަށެވެ. ގިނަ މީހުންގެ މައްޗަށް ދައުވާއެއްވެސް އުފުލާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް