Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 11:35
އަހުމަދު ފާރިސް މައުމޫނު ކޯޓަށް ވަދެވަޑައިގަންނަވަނީ
އަހުމަދު ފާރިސް މައުމޫނު ކޯޓަށް ވަދެވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ފާރިސްގެ ޝަރީއަތް
ފާރިސް މައުމޫނު ކޯޓަށް ހާޒިރުވެއްޖެ
ފާރިސް މައުމޫނާއެކު، ޕީޕީއެމްގެ ރައީސް މައުމޫނުގެ އިސް ބައެއް ބޭފުޅުން ވަނީ ކޯޓަށް ވަދެވަޑައިގެންފަ
ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޝަޙްސު އޮޅުވާލުމުގެ ދައުވާ
އެދައުވާގެ ލިޔެކިއުންތައް ފާރިސްއަށް މިހާރު ވަނީ ހަވާލުކޮށްފަ

އިދިކޮޅު ސިޔާސީ ހަރަކާތުގައި އިސް ދައުރެއް އަދާކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން، އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާގެ ޝަރީއަތަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުވެއްޖެ އެވެ.

 

ފާރިސް މައުމޫނާއެކު، ޕީޕީއެމްގެ ރައީސް މައުމޫނުގެ އިސް ބައެއް ބޭފުޅުން ވަނީ ކޯޓަށް ވަދެވަޑައިގެންފަ އެވެ. އޭގެއިތުރުން ޔުމްނާ މައުމޫނުވެސް ފާރިސްއާއެކުގައި ކޯޓަށް ވަޑައިގެންފައިވެއެވެ.

 

ފަރިސް މައުމޫނުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ވަޑައިގެންފައިވަނީ މައުމޫނު ހަމީދެވެ.

 

ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޝަޙްސު އޮޅުވާލުމުގެ ދައުވާ އެވެ. އެދައުވާގެ ލިޔެކިއުންތައް ފާރިސްއަށް މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެހެން ކަމުން ކްރިމިނަލް ކޯޓުގައި މިއަދު އޮންނާނީ އިބްތިދާއީ ބައްދަލުވުން ކަމަށް ބެލެވެ އެވެ.

 

ފާރިސްގެ މައްޗަށް ޖިނާއީ ދައުވާއުފުލާފައި މި ވަނީ ގާނޫނާ ހިލާފަށް ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނާ މައްސަލއެއްގަ އެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން ފާރިސް ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ އެއްވެސް އިރެއްގައި އެޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ބޭނުންކުރައްވާފައި ނުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް