ކ. މާލެ
|
26 ޖޫން 2023 | ހޯމަ 15:08
ބަންދުކުރާ ސަރަހައްދުތައް
ބަންދުކުރާ ސަރަހައްދުތައް
އިސްލާމިކް މިނިސްޓްރީ
ނަމާދުކުރާ ސަރަހައްދުތައް ބަންދުވުން
ބޮޑު ޖަމާއަތުގައި އަޟްޙާ ޢީދު ނަމާދުކުރާ ސަރަހައްދުތައް ބަންދުވާނެ
މި ސަރަހައްދުތައް ބަންދުވާނީ އީދު ދުވަހުގެ ހެނދުނު 6:00ން 8:30 ށް
ބޮޑު ޖަމާއަތުގައި ނަމާދު ކުރާ މި ސަރަހައްދުތަކަށް ވެހިކަލްގައި ނުވަދެވޭނެ

ބޮޑު ޖަމާއަތުގައި އަޟްޙާ ޢީދު ނަމާދުކުރާ ސަރަހައްދުތައް ބަންދުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވާ ތަންތަނަކީ މާފަންނު ސްޓޭޑިއަމް، އިސްލާމީ މަރުކަޒާއި މައިދާން ސަރަހައްދު، މަސްޖިދުލް މަލިކް ސަލްމާން (މިސްކިތާއި މާބްލް ސަރަހައްދު)، ހުޅުމާލެ ފޭސް 1- ހުޅުމާލެ ސިންތެޓިކް ޓްރެކް، ހުޅުމާލެ ފޭސް 2- ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަހައްދު) އަދި ވިލިމާލެ- ފުޓްބޯޅަ ދަނޑެވެ.

ހޯމަ ދުވަހު އިސްލާމިކް މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތުގައި ނަމާދު ކުރާ މި ސަރަހައްދުތަކަށް ވެހިކަލްގައި ނުވަދެވޭނެ ކަމަށެވެ. އަދި މިނިސްޓްރީން ވަނީ ޕާކް ކުރުން މަނާ ސަރަހައްދުތަކާއި، އީދު ނަމާދަށް އަންނަ ފަރާތްތަކުން ޕާކު ކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް ކަނޑައަޅާފައެވެ.

މިސަރަހައްދުތައް ބަންދުވާނީ އީދު ދުވަހުގެ ހެނދުނު 6:00ން 8:30 ށެވެ.

މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްޙާ އީދު ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާއިރު، މިކަން އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ބުނެއެވެ.

އީދު ނަމާދު ހުޅުވިފައިވާ ސަރަޙައްދެއްގައި ބޮޑު ޖަމާޢަތެއްގައި ކުރުމަކީ ސުންނަތެކެވެ. ރާއްޖޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ.

މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ ޖޫން މަހުގެ 28 ވަނަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް