Advertisement
ކ. މާލެ
|
24 ޖޫން 2023 | ހޮނިހިރު 21:07
(އައިސިޓެޕް) އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާ ގުޅިގެން “ރީޖަނަލް ކައުންޓަރިންގ ވަޔަލެންޓް އެކްސްޓްރީމިޒަމް އިން ޕްރިޒަންސް (ސީވީއީ-ޕީ) ވޯކްޝޮޕް
(އައިސިޓެޕް) އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާ ގުޅިގެން “ރީޖަނަލް ކައުންޓަރިންގ ވަޔަލެންޓް އެކްސްޓްރީމިޒަމް އިން ޕްރިޒަންސް (ސީވީއީ-ޕީ) ވޯކްޝޮޕް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ހަރުކަށި ފިކުރު ހުއްޓުވުމަށް ކުރާ މަސައްކަތް
ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ގުޅޭގޮތުން ރާއްޖޭގައި ސަރަހައްދީ ވޯކްޝޮޕެއް ބާއްވައިފި
މި ވޯކްޝޮޕްގައި 70 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި

ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދަށުން ހިންގާ އިންޓަރނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޓިވް ޓްރޭނިންގ އެސިސްޓަންސް ޕްރޮގްރާމް (އައިސިޓެޕް) އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާ ގުޅިގެން “ރީޖަނަލް ކައުންޓަރިންގ ވަޔަލެންޓް އެކްސްޓްރީމިޒަމް އިން ޕްރިޒަންސް (ސީވީއީ-ޕީ) ވޯކްޝޮޕް” ރާއްޖޭގައި ބާއްވައިފިއެވެ.

ޖޫން 19 ން 22، އަށް ކްރޮސްރޯޑްސް ރިސޯޓްގައި ކުރިއަށް ދިޔަ މި ވޯކްޝޮޕްގައި 70 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

މި ވޯކްޝޮޕްގެ މަޤްޞަދަކީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ބެހޭގޮތުން ކޮށްފައިވާ ތަޖުރިބާތަކާއި ކުރިމަތިވާ ގޮންޖެހުންތަކާއި އެހެން ޤައުމުތަކުގައި އެކަމާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، މާހިރުންގެ އިރުޝާދު ހިއްސާކުރުމެވެ. މި ވޯކްޝޮޕްގައި އައިސިޓެޕްގެ މާހިރުން ސެޝަންތައް ނަންގަވައިދެއްވިއިރު، ބައިވެރިވި ގައުމުތަކުގެ ވަފްދު ތަކުން ކަންޓްރީ ރިޕޯޓާއި އެކި މޮޑިއުލްތަކަށް ޕްރެޒެންޓޭޝަން ހުށަހަޅާފައިވެއެވެ.

Advertisement

އެގޮތުން ގްލޯބަލް ޕަރސްޕެކްޓިވްސް އޮން ސީވީއީ-ޕީ ޕްރޮގްރާމްސް، ޕްރިޒަން އިންޓެލިޖަންސް، ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް، ފެއިތް-ބޭސްޑް ކައުންސެލިންގ، ސައިކޯ-ސޯޝަލް އެސްޕެކްޓް އޮފް ކައުންޓަރިން ވަޔަލަންޓް އެކްސްޓްރީމިޒަމް ހިމެނެއެވެ.

އެގޮތުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުންނާއި ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން ކޮމާންޑްގެ މުވައްޒަފުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވާއިރު، ފިލިޕީންސް، ސިންގަޕޯރ، އިންޑޮނޭޝިއާ، ބަންގްލަދޭޝް އަދި ކޮސޯވޯގެ ވަފްދު ތައް ބައިވެރިވެފައިވެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރ، މޯލްޑިވްސް ޕޮލިސް ސަރވިސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފިސް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މި ވޯކްޝޮޕްގައި ބައިވެރިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް