ކ. މާލެ
|
24 ޖޫން 2023 | ހޮނިހިރު 16:06
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ރާއްޖެއެމްވީ
އަބްދުﷲ ޖާބިރު
ޖާބިރު މާދަމާ އެމްޑީޕީއަށް ސޮއިކުރައްވަނީ
ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ 11:00 ޖަހާއިރު ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާދިއްތަ ދުވަހު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރެއްވުމަށް ނިންމަވައިފިއެވެ.

ޖާބިރު އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ 11:00 ޖަހާއިރު ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރުގެ ގެއިން 10:45 ގައި އެތަނަށް ޖާބިރު ވަޑައިގަންނަވާނީ ހަބޭސް ބޮޑުބެރު ގްރޫޕާއެކުގައެވެ.

ޖާބިރު އެމްޑީޕީއަށް ސޮއިކުރައްވަން ނިންމާފައިވާއިރު އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް ވަނީ އެޕާޓީއާ ގުޅިވަޑައިގަތުމަށް ޖާބިރަށް ދައުވަތު ދެއްވާފައެވެ.

Advertisement

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އިސް މަގާމުތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ގެއެއްގެ، ކޮންމެ އާއިލާއެއްގެ މީހަކަށްވެސް އާދެވިދާނެ ކަމަށާއި، އެމްޑީޕީން އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ. ފައްޔާޒް ވިދާޅުވީ ފަހުގެ ޖީލު އޮތީ ޖާބިރުއާ އެކުގައި ކަމަށެވެ.

ޖާބިރު ވަނީ، އެންމެން އެކުވެގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ހޮވަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ގައުމުގައި ދެ ރައީސަކަށް ނުތިއްބެވޭނެ ކަމަށާއި، އެއްވެސް ގައުމެއްގައި ދެ ރައީސުން ނުތިއްބަވާނެކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވަނީ އެޖެންޑާއާ އެއްގޮތަށް ކަންކަން ކުރެއްވުމަށް ގޮވާލައްވާފައެވެ.

2010 ވަނަ އަހަރު ވެސް ޖާބިރު އެމްޑީޕީއަށް ސޮއިކުރެއްވިއެވެ. އެމް.ޑީ.ޕީ އާއި ގުޅިވަޑައިގަތުމުގެ ކުރިން ޖާބިރު ވަނީ ދިވެހި ރައްޔިތުންގެ ޕާޓީއާއި ޖުމްހޫރީ ޕާޓީގައިވެސް ވަރަށް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް