ކ. މާލެ
|
24 ޖޫން 2023 | ހޮނިހިރު 12:11
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޗެކިން ކުރިއަށްދަނީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޗެކިން ކުރިއަށްދަނީ
ޓްވިޓަރ
އެއަރޕޯޓް އޮޕަރޭޝަންސް
ފުރުމުގެ 3 ގަޑިއިރު ކުރިން ޗެކިންވާން އެދިއްޖެ
ސްކޫލްތަކުގެ ޗުއްޓީއާއި އީދު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ވަނީ ދަތުރުތައް ރާވާފައި
ޗެކިންވުމުގެ ކުރިން އިމުގާ ފޯމް ފުރިހަމަ ކުރުމަށްވެސް ވަނީ އެދިފައި

ޗުއްޓީއާ ދިމާކޮށް ތަންތަނަށް ދާ ފަރާތްތަކުން ފުރުމުގެ ތިންގަޑިއިރު ކުރިން ޗެކިން ވާން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެދިއްޖެއެވެ.

އެމްއޭސީއެލުން މިގޮތަށް އެދިފައިވަނީ ސުކޫލުތަކުގެ ޗުއްޓީއާއި އީދު ޗުއްޓީއާ ދިމާކޮށް، ގިނަ ބަޔަކު އެެތެރޭގެ ދަތުރުތަކާއި ބައިނަލްއަގުވާމީ ދަތުރުތަކަށް ފުރަން ފަށާފައިވާތީއެވެ.

Advertisement

އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއީ ޗުއްޓީ ދުވަސްވަރަށް ވުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިގު ކިއުތަކާއި ޑިލޭތައް މަދުކުރުމަށްޓަކައި، ފުރާ މީހުން، ފުރުމުގެ 3 ގަޑިއިރު ކުރިން ޗެކިން ވުމަށް އެދޭކަމަށެވެ.

އަދި އޮޕަރޭޝަން ވީހާވެސް ފަސޭހައިން ކުރިއަށް ގެންދިއުމަށްޓަކައި، ފުރާ މީހުން، ޗެކިންވުމުގެ ކުރިން އިމުގާ ފޯމް ފުރިހަމަކުރުމަށް ވެސް ވަނީ އެދިފައެވެ.

ކޮންމެ އަހަރެއްގެވެސް ސްކޫލު ޗުއްޓީއާއި އީދު ޗުއްޓީފަދަ ދުވަސްތަކާ ދިމާކޮށް ބާރުބޮޑުވާތީ ދަތުރުކުރާ ފަރާތްތައް އަދި އަންނަ ފަރާތްތަކަށް ހިދުމަތް ދިނުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ކަމާއި ބެހޭ ފަރާތްތަކާއެކު ފުރާ އަދި އަންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް