ކ. މާލެ
|
24 ޖޫން 2023 | ހޮނިހިރު 11:46
ބަޓިކް އެއަރގެ ސީދާ ދަތުރުތައް ފެށުން
ބަޓިކް އެއަރގެ ސީދާ ދަތުރުތައް ފެށުން
އެމްއޭސީއެލް
ބަޓިކް އެއަރ
ބަޓިކް އެއަރއިން ކުއަލަލަމްޕޫރާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފި
މި އެއަރލައިނުން ބޭނުންކުރާނީ ބޮއިންގ 737 މަރުކާގެ ބޯޓު
ފުރަތަމަ ފްލައިޓުގައި 121 ފަސިންޖަރުން ރާއްޖެއަށް ޒިޔާރަތްކުރި

މެލޭޝިއާގެ ބަޖެޓް އެއަރލައިނެއް ކަމަށްވާ ބަޓިކް އެއަރލައިނުން، އެ ގައުމުގެ ކުއަލަލަމްޕޫރާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.

ހުކުރު ދުވަހު އެ އެއަރލައިންގެ ފުރަތަމަ ފްލައިޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ކިޔާފައިވާއިރު، ފުރަތަމަ ފްލައިޓުގައި 121 ފަސިންޖަރުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އެ އެއަރލައިންގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔާފައިވަނީ ފެނުގެ ސެލިއުޓަކުންނެވެ.

އެމްއޭސީއެލްއިން މައުލޫމާތުދޭގޮތުގައި ބަޓިކް އެއަރއިން ކުލަލަމްޕޫރާއި މާލެއާ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ ބޮއިންގ 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެ ބޯޓުތަކެވެ.

މާލެއާ ކުއާލަލަމްޕޫރާ ދެމެދު ކުރާ ސީދާ ދަތުރުތައް ބަޓިކް އެއަރއިން މިހާރު ފަށާފައިވާއިރު، އެ އެއަރލައިނުން ވަނީ މިދިޔަ މަހުން ފެށިގެން ރާއްޖެއިން ސްރީލަންކާއަށް، އަދި ލަންކާއިން މެލޭޝިއާއަށް ޓްރާންސިޓް ދަތުރުތައްވެސް ފަށާފައެވެ.

ބަޓިކް އެރއިން މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުކުރެެއެވެ. އެހެންކަމުން އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމަކީ ރާއްޖޭގެ ކުރިއަރަމުން އަންނަ ފަތުރުވެރިކަމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެމްއެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ ބަޓިކް އެއަރގެ އިތުރުން ސައޫދީގެ ފްލައިނާސްއިން ވެސް ދަތުރުތައް ފަށާފައިވާ ކަމަށާއި، އަދި ވަރޖިން އެޓްލާންޓިކްގެ ދަތުރުތައްވެސް ފަށަން ތައްޔާރުވަމުން އަންނައިރު މީގެ ސަބަބުން ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ފަރާތްތަކަށް ފަސޭހަވެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް