Advertisement
ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 07:30
މިލަންދޫގައި ކުރިޔަށްގެންދިޔަ އަމާންވެށި ޕްރޮގްރާމް
މިލަންދޫގައި ކުރިޔަށްގެންދިޔަ އަމާންވެށި ޕްރޮގްރާމް
މޯލްޑިވްސް ޕޮލިސް ސާރވިސް
އަމާންވެށި ޕްރޮގްރާމް
މިލަންދޫގައި ކުރިއަށްގެންދިޔަ އަމާންވެށި ޕްރޮގްރާމްގެ ހަރަކާތްތައް ނިންމާލައިފި
އަމާންވެށި ޕްރޮގްރާމްގެ ހަރަކާތްތައް ނިންމައިލާފައިވަނީ އާއިލީ ހަވީރާއެކުގައި

ޖޫން 4 އިން 19 އަށް ށ. މިލަންދޫގައި ކުރިއަށްގެންދިޔަ އަމާންވެށި ޕްރޮގްރާމްގެ ހަރަކާތްތައް ނިންމާލައިފިއެވެ.

އަމާންވެށި ޕްރޮގްރާމްގެ ހަރަކާތްތައް ނިންމައިލާފައިވަނީ އާއިލީ ހަވީރާ އެކުގައެވެ. މި އާއިލީ ހަވީރަކީ މިލަންދޫގެ ކުޑަކުދިން އެކުދިންގެ އާއިލާއާއެކު ކުޅެ މަޖާކޮށްލުމަށް ތަފާތުއެކި ހަރަކާތްތަކާއެކުގައި ކުރިއަށްގެންދިޔަ ހަވީރެކެވެ.

މި ހަވީރުގައި، ޖާދޫގެ ހަރަކާތްތަކާއި ކުޑަކުދިންނަށް ތަފާތު ކުޅިވަރުތައް ހިމެނޭ ސްޓޯލްތައް ތައްޔާރުކޮށްފައި ވެއެވެ. އޭގެތެރޭގައި ރެޕަލިންގ، ފުޓް ޕްރިންޓް ގޭމް، ފެނުގެ ކުޅިވަރުފަދަ ތަފާތު އެކި ކުޅިވަރުތައް ކުދިން ގަޔާވާނޭހެން ކުރިއަށް ގެންގޮސްފައިވެއެވެ.

Advertisement

މި ހުރިހާ ކުޅިވަރެއްގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއެވެ. އަދި ފުލުހުންގެ ޔުނީފޯމުގައި ފޮޓޯ ނެގުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަވީރުގައި ފުލުހުންގެ ސްޓޯލްތަކުގެ އިތުރުން މިލަންދޫ ކައުންސިލާއި ރަށުގައި ހުރި އެހެނިހެން އިދާރާތަކާއި ޖަމުއިއްޔާ ޖަމާއަތްކުން ބައިވެެެރިވިއެވެ.

އަމާންވެށި ޕްރޮގްރާމްގެ ހަރަކާތްތައް ކާމިޔާބުކަމާއެކު މިލަންދޫގައި ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި، މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކާއި، މިލަންދޫ ކައުންސިލާއި ރަށުގެ އެހެނިހެން އިދާރާތަކުގެ އިތުރުން ރަށުގެ ޖަމުއިއްޔާ ޖަމާއަތްތައް ގުޅިގެން ރައްޔިތުންގެ ބައިވެރިވުމާ އެކުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް