Advertisement
ކ. މާލެ
|
20 ޖޫން 2023 | އަންގާރަ 19:43
އަރބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް 2023
އަރބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް 2023
ރާއްޖެއެމްވީ
އަރބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް 2023
"އަރބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް 2023" ފަށައިފި
މިއީ 4 ދުވަހަށް ކުރިއަށްދާ ކާނިވަލެއް
މިއީ ތަފާތު ގިނަ މީރު ކާނާތައް އެއްތަނަކުން ކާނިވަލެއްގެ ސިފައިގައި ތަޖުރިބާކޮށްލުމަށް ލިބޭ ފުރުސަތެއް

ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް، "އަރބަންކޯ މޯލްޑިވްސް ފޫޑް ކާނިވަލް 2023" ފަށައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށާފައިވާ މި ފުޑް ކާނިވަލަކީ މިމަހުގެ 20ން 24ށް ކުރިއަށްދާ ކާނިވަލެކެވެ. މި ކާނިވަލް ކުރިއަށްދަނީ ހަވީރު 4:00ން ރޭގަނޑު 12:00ށެވެ.

ތިންކް އެސޯސިއޭޓްސްގެ ފަރާތުން ފަށާފައިވާ މި ހާއްސަ ކާނިވަލަކީ، މަޖާ އުފާވެރި މާހައުލެއްގައި، ހުރިހާ އުމުރުފުރަޔަކަށްވެސް ބައިވެރިވެވޭގޮތަށް، ގޭމްތަކާއި ތަފާތު ގިނަ މީރު ކާނާ އެއްތަނަކުން ކާނިވަލެއްގެ ސިފައިގައި ތަޖުރިބާކޮށްލުމަށް ބާއްވާ ކާނިވަލެކެވެ.

Advertisement

މި ކާނިވަލާގުޅޭ މައުލޫމާތު ދެއްވަމުން ތިންކް އެސޯސިއޭޓްސްގެ ޕްރޮޖެކްޓް މެނޭޖަރ ރިޝްތާ ވިދާޅުވީ މި ހަރަކާތް ކުރިއަށްދާއިރު ކުދި ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިތަކުގެ ތަފާތު ކާބޯތަކެއްޗާއި ރަހަތައް އާއްމުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ކާބޯތަކެތީގެ އިތުރުންވެސް ކާނިވާތަކުގައި ފެނިގެންދާ ބައެއް ހަރަކާތްތައް މި އިވެންޓުގައި ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ފަން އެރީނާއާއި ގޭމުތަކާއި ބިރުވެރި ހޮހަޅަ ހިމެނެއެވެ.

މި ކާނިވަލްގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ. މި ކާނިވަލްގެ ޓައިޓްލް ސްޕޮންސަރަކީ އަރބަންކޯއެވެ. އަރބަންކޯއާއި ރާއްޖެޓީވީގެ އިތުރުން ސިމްޑީއާއި ބީއެޗްއެމްއާއި އެސްޓީއޯއާއި އިވެންޓް މޯލްޑިވްސް، އަދި ދިރާގަކީވެސް މި އިވެންޓުގެ ޕާޓްނަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް