Advertisement
ކ. މާލެ
|
18 ޖޫން 2023 | އާދީއްތަ 17:11
"އަރބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް 2023"ގެ ޕްރޮޖެކްޓް މެނޭޖަރ ރިޝްތާ ޝުޖާ
"އަރބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް 2023"ގެ ޕްރޮޖެކްޓް މެނޭޖަރ ރިޝްތާ ޝުޖާ
އަރބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް 2023 
"އަރބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް 2023" ވެގެންދާނީ އެފްއެންބީ ދާއިރާ އަށް އަންނަ އީދަކަށް- ޕްރޮޖެކްޓް މެނޭޖަރ
ކާނިވާ ކުރިއަށްދާނީ މި މަހުގެ 20-24 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އާ ހަމައަށް
މި ކާނިވާގެ ޓައިޓަލް ސްޕޮންސަރަކީ އަރބަންކޯ
މި ކާނިވާ ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި

ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް، "އަރބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް 2023" ވެގެންދާނީ އެފްއެންބީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އަންނަ އީދަކަށް ކަމަށް, ތިންކް އެސޯސިއޭޓްސް ޕްރޮޖެކްޓް މެނޭޖަރ ރިޝްތާ ޝުޖާ ވިދާޅުވެއްޖެއެވެ.

ރިޝްތާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މެގަޒިން ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކާނިވާ ކުރިއަށްދާނީ މި މަހުގެ 20-24 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އާ ހަމައަށެވެ.

އޭނާ ވިދާޅުވި މި ކާނިވަލް ވެގެންދާނީ އެ ދާއިރާއިން ބޭއްވޭ އެންމެ ތަފާތު އެއް ހަރަކާތަށް ކަމަށެވެ. އެގޮތުން އެ ހަރަކާތް ކުރިއަށް ގެންދަނީ ގިނަ ކެޓަގަރީތައް ހިމެނޭހެން ކަމަށާއި، މި ކާނިވަލްގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާ އެއްކަމަކީ ކާނިވަލްގެ ތެރެއިން ކުދި ވިޔަފާރިތަކަށް ލިބޭ ފުރުސަތު ވީހާވެސް ބޮޑުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފުޑް އެކްސްޕޯ ފެށުމުގެ ކުރިން ގޭގައި ތިބެގެން މަސައްކަތް ކުރާ ޝެފުންނާއި ބޭކާސް އަށް ޚާއްސަކޮށް "އާރޓިސް އެންޑް މާކެޓްގެ" ނަމުގައި ޚާއްސަ ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން މި ކާނިވަލްގެ ތެރެއިން ކުރިއަށް ގެންދާ ފުޑް އެކްސްޕޯގައި ރީޓެއިލަރސް އާއި ސަޕްލަޔަރސްގެ ޕްރޮޑަކްޓްތައް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ކާނިވަލްގެ ތެރެއިން "ފުޑް ސްޓްރީޓް"ގެ ޚާއްސަ ހަރަކާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ހަރަކާތް ޚާއްސަކޮށްފައި ވަނީ ރެސްޓޯރެންޓްތަކާއި ގޭގައި ތިބެގެން މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށެވެ. ހަމައެހެންމެ މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން ފަންނާނުންގެ ހުނަރު ފެނިގެންދާނެ ފަދަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާދީފައެވެ. މި ކާނިވަލްގައި ވަގުތުން ކުރިއަށްދާ ފަންނާނުންގެ ކުރެހުންތައް ބަލާލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. އަދި ފަންނާނުންގެ އެހެން ހުނަރުތައް ވެސް ވަގުތުން ބަލާލެވޭނެއެވެ.

ރިޝްތާ އިތުރަށް ވިދާޅުވީ މި ކާނިވަލްގެ ތެރެއިން އަންހެނުންގެ ކުރިއެރުމަށް ބާރު ލިބޭ ގޮތަށް ކާނިވަލް ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި ކާނިވަލް ކުރިއަށް ދާނީ މަޖާ ހަރަކާތްތަކަކާއި އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ކާނިވާގެ ޓައިޓަލް ސްޕޮންސަރަކީ އަރބަންކޯއެވެ. އަރބަންކޯ އާއި ރާއްޖެޓީވީގެ އިތުރުން ސިމްޑީ އާއި ބީއެޗްއެމް އާއި އެސްޓީއޯ އާއި އިވެންޓް މޯލްޑިވްސް އަދި ދިރާގަކީ ވެސް މި އިވެންޓުގެ ޕާޓްނަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް