ކ. މާލެ
|
19 ޖޫން 2023 | ހޯމަ 14:16
މިހާރު ގާނޫނުގައި އޮންނަނީ 10 ދުވަސް، ބަދަލުކުރަނީ 14 ދުވަހަށް
މިހާރު ގާނޫނުގައި އޮންނަނީ 10 ދުވަސް، ބަދަލުކުރަނީ 14 ދުވަހަށް
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބުގެ ޤާނޫނު
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ދެވޭ މުއްދަތު އިތުރުކުރުމަށް ހުށަހެޅި އިސްލާޙު ފާސްކޮށްފި
ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
މިހާރު ގާނޫނުގައި އޮންނަނީ 10 ދުވަސް، ބަދަލުކުރަނީ 14 ދުވަހަށް
ބިލު ދިރާސާކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތަށް ފާސް ކުރުމަށް 48 މެމްބަރަކު ވަނީ ވޯޓު ދެއްވާފައި

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މިނިވަން މުއައްސަސާތަކުން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ހުށައަޅުއްވާފައިވަނީ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.

މި ބިލުގައި ވަނީ އެންމެ އިސްލާޙެކެވެ. އެއީ އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ރ) އިސްލާޙު ކުރުމެވެ.

ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބޭފުޅުންނަށް އިންތިޚާބުގައި ވާދަކުރުމަށް ކުރިން ދީފައި އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށެވެ.

ރޮޒެއިނާ ވިދާޅުވީ، ކޮމިޓީން ފާސްކޮށްފައިވަނީ އިސްލާޙު ހުށައެޅިފައިވާ ގޮތަށް ފާސް ކުރުމަށް ކަމަށެވެ.

މި ބިލު ދިރާސާކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތަށް ފާސް ކުރުމަށް 48 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މިހާރު ގާނޫނުގައި އޮންނަނީ 5 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްޝަން ކޮމިޝަނުން ކުރާ އިއުލާނުގައި، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 10 ދުވަހުގެ މުއްދަތެއް ދޭންވާނެކަމަށެވެ.

އީސީން މައުލޫމާތު ދޭ ގޮތުގައި އިންތިޚާބުގައި ކެނޑިޑޭޓުންނަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި 23 އިން އޮގަސްޓު މަހުގެ ތިންވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން މިމުއްދަތު 14 ދުވަހަށް އިތުރުވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް