Advertisement
ކ. މާލެ
|
18 ޖޫން 2023 | އާދީއްތަ 21:09
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޗެކިން ކުރިއަށް ދަނީ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޗެކިން ކުރިއަށް ދަނީ
ޓްވިޓަރ
އޮން އެރައިވަލް ވިސާ ދިނުން
މިސްރަށް ދާ ދިވެހިންނަށް "ވިސާ އޮން އެރައިވަލް" ދޭން އެގައުމުން ނިންމައިފި
މިއީ ރާއްޖެއާއި މިސްރާ ދެމެދު އޮތް ޚާއްސަ ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް
ރާއްޖެއާ މިސްރާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1969 ވަނަ އަހަރު

މިސްރަށް ދާ ދިވެހިންނަށް "ވިސާ އޮން އެރައިވަލް" ދޭން އެގައުމުން ނިންމައިފިއެވެ.

އާދިއްތަ ދުވަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ 14 ޖޫން 2023 އިން ފެށިގެން މިސްރަށް "ވިސާ އޮން އެރައިވަލް" ލިބޭ ގައުމުތަކުގެ ލިސްޓުގައި އަލުން ރާއްޖެ ހިމަނާފައިވާ ކަމަށެވެ.

މި ނިންމުމާއި ގުޅިގެން މިނިސްޓަރު ޝާހިދު ވަނީ މިސްރުގެ ފޮރިން މިނިސްޓަރު ސާމެހް ޝުކްރީއަށް ޝުކުރު ދަންނަވާފައެވެ.

Advertisement

މިއީ ދިވެހިރާއްޖެއާއި މިސްރާ ދެމެދު އޮތް ޚާއްސަ ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއާ މިސްރާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1969 ވަނަ އަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް