ކ. މާލެ
|
18 ޖޫން 2023 | އާދީއްތަ 16:49
ޑިރެކްޓަރ ފޯރ އޭޝިއާ ޕެސިފިކް މަންޕްރީތު، މަޖިލީހުގެ ރައީސް އާއި ބައްދަލުކުރެއްވުން
ޑިރެކްޓަރ ފޯރ އޭޝިއާ ޕެސިފިކް މަންޕްރީތު، މަޖިލީހުގެ ރައީސް އާއި ބައްދަލުކުރެއްވުން
ޑިރެކްޓަރ ފޯރ އޭޝިއާ ޕެސިފިކްގެ ޑިރެކްޓަރ މަންޕްރީ
އެންއައިޓީގެ ރީޖަނަލް ޑިރެކްޓަރ ފޯރ އޭޝިއާ ޕެސިފިކް މަންޕްރީތު، މަޖިލީހުގެ ރައީސް އާއި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އާދިއްތަ ދުވަހު މެންދުރުގެ ވަގުތެއްގަ
މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވެސް ބައިވެރިވެވަޑައިގެންނެވި
އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވާފައި ވަނީ ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް (އެންޑީއައި)ގެ ރީޖަނަލް ޑިރެކްޓަރ ފޯރ އޭޝިއާ ޕެސިފިކްގެ މަސައްކަތްތަކާއި ގުޅޭގޮތުން

ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓްގެ ރީޖަނަލް ޑިރެކްޓަރ ފޯރ އޭޝިއާ ޕެސިފިކް، މަންޕްރީތު ސިންގ އާނަންދް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އާދިއްތަ ދުވަހު މެންދުރުގެ ވަގުތެއްގައެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އިދާރާއިން ބުނީ އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވާފައި ވަނީ ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް (އެންޑީއައި)ގެ ރީޖަނަލް ޑިރެކްޓަރ ފޯރ އޭޝިއާ ޕެސިފިކްގެ މަސައްކަތްތަކާއި، ރާއްޖޭގައި ކުރިއަށްދާ އެ ޖަމިއްޔާ އާއި ގުޅުން ހުރި މަސައްކަތްތަކާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި އެކުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރައްވާފައިވާ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެންޑީއައިގެ ޑިރެކްޓަރ ޖެނެރަލް މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކުގެ އިތުރުން ގުޅުން ހުރި ޖަމިއްޔާ ޖަމާއަތްތަކުގެ އިސް ބޭފުޅުންނާއި ދަނީ ބައްދަލުކުރައްވަމުންނެވެ.

އެންޑީއައި އަކީ ގައުމުތަކުގެ ޑިމޮކްރަސީ ހަރުދަނާކޮށް ކުރިއެރުވުމަށް އެހީތެރިވާ ނޮން ޕްރޮފިޓް އޯގަނައިޒޭޝަނެކެވެ. އެ ޖަމިއްޔާ އަކީ ޑިމޮކްރަސީގައި އާއްމުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ސަރުކާރުތައް ޖަވާބުދާރީކޮށް ޒިންމާދާރުކުރުވުމަށް ވެސް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް