ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 19:20
ޕްރެކްޓިސް ޕާލިމަންޓް ފޯ ޔޫތު ޕްރޮގްރާމު ނިންމާލައިފި
ޕްރެކްޓިސް ޕާލިމަންޓް ފޯ ޔޫތު ޕްރޮގްރާމު ނިންމާލައިފި
ޕްރެކްޓިސް ޕާލަމަންޓް ފޯ ޔޫތު
ޕްރެކްޓިސް ޕާލިމަންޓް ފޯ ޔޫތު ޕްރޮގްރާމު ނިންމާލައިފި
ޕްރެކްޓިސް ޕާލިމެންޓް ފޯ ޔޫތްގައި ބައިވެރިވެފައި ވަނީ 16-25 އަަހަރުގެ މީހުން
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ޔޫއެންޑީޕީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކު
ހޮނިހިރު ދުވަހު އެ ޕްރޮގްރާމް ނިންމާލާފައި ވަނީ މަޖިލީހުގެ އިދާރާގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި

7 ދުވަހުގެ ޕްރެކްޓިސް ޕާލަމަންޓް ފޯ ޔޫތު ޕްރޮގްރާމު ނިންމާލައިފިއެވެ.

ހޮނިހިރު ދުވަހު އެ ޕްރޮގްރާމް ނިންމާލާފައި ވަނީ މަޖިލީހުގެ އިދާރާގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ޔޫއެންޑީޕީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއި އެކުގައެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މި ފަހަރުގެ ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށެވެ. މި ފަހަރުގެ ޕްރޮގްރާމްގައި ބައިވެރިވީ ޖުމްލަ 38 ޒުވާނުންނެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ތަފާތު އެކި ދާއިރާތަކުން ބައިވެރިންނަށް ވަނީ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

އެގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ބޭފުޅުން ވަނީ ބައިވެރިންނަށް ސެޝަންތައް ނަންގަވާދެއްވާފައެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް ވެސް ބައެއް ސެޝަންތައް ނަންގަވާދެއްވިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން މަޖިލީހުގެ ދެ މެންބަރަކު މެދުވެރިކޮށް ބައިވެރިންނަށް ސުވާލާއި ޖަވާބުގެ ސެޝަން އެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމްގެ އަލީގައި އެންމެ ބޮޑު ސަމާލުކަމެއް ދިން އެއް ކަމަކީ ބިލްތަކަށް ޚިޔާލު ހުށަހެޅުމާއި، މެމްބަރުންނާއި ޚިޔާލާއި މައުލޫމާތު ހިއްސާކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މިއީ މި އަހަރު ބޭއްވި މި ފަދަ 3 ވަނަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމްގެ ތެރެއިން މޮޑެލް ޕާލިމެންޓްގެ ޖަލްސާ އެއް ވަނީ ރެކޯޑްކޮށްފައެވެ.

ޕްރެކްޓިސް ޕާލިމެންޓް ފޯ ޔޫތްގައި ބައިވެރިވެފައި ވަނީ 16-25 އަަހަރުގެ މީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް