ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 07:14
ޓްވިޓް ސާފް
ޓްވިޓް ސާފް
ޓްވިޓަރ
ސާފުކުރުމުގެ ޕްރޮގްރާމް
ސާފުކުރުމުގެ ހަރަކާތެއް މުޅި ރާއްޖޭގައި ބާއްވަނީ
"މޯލްޑިވްސް ފޯ ދި އޯޝަން"ގެ ނަމުގައި ކުރިއަށް ގެންދާ ސާފު ކުރުމުގެ ހަރަކާތް ކުރިއަށް ދާނީ ހޮނިހިރު ދުވަހު ހެނދުނު ހެނދު 6:00 ން ހަވީރު 6:00 ށް

މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ހޮނިހިރު ދުވަހު ކުރިޔަށްގެންދިޔުމަށް ނިންމައިފިއެވެ.

މި ހަރަކާތާކީ ކަނޑުތަކުގެ ދުވަހާ ގުޅިގެން ޕާލޭ މޯލްޑިވްސް އިން އެޑިޔުކޭޝަން މިނިސްޓްރީ އާއި މަޓީ އާ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

"މޯލްޑިވްސް ފޯ ދި އޯޝަން"ގެ ނަމުގައި ކުރިއަށް ގެންދާ ސާފު ކުރުމުގެ ހަރަކާތް ކުރިއަށް ދާނީ ހޮނިހިރު ހެނދުނު ހެނދު 6:00 ން ހަވީރު 6:00 އަށެވެ.

މި ހަރަކާތް މުޅި ރާއްޖޭގެ 250 އަށް ވުރެ ގިނަ ރަށުގައި ކުރިއަށް ދާނެ ކަމަށް ޕާލޭ އިން ބުނެއެވެ.

ގޮނޑުދޮށްތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކަނޑުތަކާ ގުޅޭ ހުށަހެޅުންތަކާއި އެ އިވެންޓުގެ ހަރަކާތްތައް ޓީވީން ވަގުތުން ދައްކަން ވެސް ހަމަޖެހިފައިވެއެވެ.

މި އިވެންޓުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ބާރު އެޅުން ކަމަށް ޕާލޭ އިން ބުނެއެވެ. އެގޮތުން މި އިވެންޓުގެ މައިގަނޑު ހަރަކާތަކަށް ވެގެންދާނީ ރާއްޖޭގެ ކަނޑުތަކަށް އުކާލާ ޕްލާސްޓިކު މަދުކުރުމަށް ފަރުދުން އަމިއްލައަށް ވިސްނައިގަނެ، ބާރުއަޅަން ހިތްވަރުލިބޭނެ އިވެންޓަކަށް ހެދުން ކަމަށް ވެސް ޕާލޭ އިން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް