Advertisement
ކ. މާލެ
|
15 ޖޫން 2023 | ބުރާސްފަތި 07:44
މެލޭޝިއާގެ ސެރުނާއީ ޙަލާލް އީކޮމާސްގެ އެކްސްޕާޓުންގެ ޓީމާ އިސްލާމިކް މިނިސްޓަރު ބައްދަލުކުރެއްވުން
މެލޭޝިއާގެ ސެރުނާއީ ޙަލާލް އީކޮމާސްގެ އެކްސްޕާޓުންގެ ޓީމާ އިސްލާމިކް މިނިސްޓަރު ބައްދަލުކުރެއްވުން
އިސްލާމިކް މިނިސްޓްރީ
ސެރުނާއީ ޙަލާލް އީކޮމާސްގެ އެކްސްޕާޓުންގެ ޓީމް
މެލޭޝިއާގެ ސެރުނާއީ ޙަލާލް އީކޮމާސްގެ އެކްސްޕާޓުންގެ ޓީމާ އިސްލާމިކް މިނިސްޓަރު ބައްދަލުކުރައްވައިފި
ސެރުނާއީ ޙަލާލް އީކޮމާސްއަކީ ޑިޖިޓަލް ޙަލާލް އެޝުއަރެންސް ސިސްޓަމެއް މެދުވެރިކޮށް، ޙަލާލް އިންޑަސްޓްރީ ކުރިއެރުވުމަށާއި އެކަމަށްބޭނުންވާ ފަންނީ އެހީފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ބައެއް
މިޓީމުން ރާއްޖޭގައި ޙަލާލް ސެޓްފިކެޓްގެ ޚިދުމަތްދިނުމަށް ވަމުންދާ ތައްޔާރީތަކަށް ފަންނީ ގޮތުން އެހީތެރިވެދޭނެ

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، މެލޭޝިއާގެ ސެރުނާއީ ޙަލާލް އީކޮމާސްގެ އެކްސްޕާޓުންގެ ޓީމާ ބައްދަލުކުރައްވައިފިއެވެ.

ސެރުނާއީ ޙަލާލް އީކޮމާސްއަކީ ޑިޖިޓަލް ޙަލާލް އެޝުއަރެންސް ސިސްޓަމެއް މެދުވެރިކޮށް، އެފަރާތްތަކަށް ޙަލާލް އިންޑަސްޓްރީ ކުރިއެރުވުމަށާއި އެކަމަށް ބޭނުންވާ ފަންނީ އެހީފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ބައެކެވެ.

މިކަމާގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށާއި ހޭލުންތެރިކުރުވުމުގެ ވޯކްޝޮޕްތައް ކުރިއަށްގެންދިޔުމަށް މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުންދާ އެކްސްޕާޓުން ރާއްޖޭގައި ޙަލާލް ސެޓްފިކެޓްގެ ޚިދުމަތްދިނުމަށް ވަމުންދާ ތައްޔާރީތަކަށް ފަންނީ ގޮތުން އެހީތެރިވެދޭނެއެވެ.

މި ޓީމާއި ބައްދަލުކުރައްވައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޒިޔާރަތްކޮށް، އެޓީމުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ރާއްޖެއަކީ ގިނަ އަދަދެއްގެ ތަކެތި އިމްޕޯޓްކުރާ ޤައުމަކަށްވާއިރު ޙަލާލް ސެޓްފިކެޓް ލިބިފައިވާ ޤައުމުތަކާއި ތަކެތި އެނގުމުގެ މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާއިރު ރާއްޖެއަށް އިމްޕޯޓްކުރާ އަދި ރާއްޖެއިން އެހެން ޤައުމުތަކަށް އެކްސްޕޯޓްކުރާ ތަކެއްޗަކީ ޙަލާލް ސެޓްފިކެޓް ލިބިފައިވާ ތަކެއްޗަށްވުމަށް ބޭނުންވާކަމަށެވެ.

Advertisement

މި ޓީމުން މިނިސްޓަރާ ބައްދަލުކޮށް ދެއްކި ވާހަކައިގައި ރާއްޖެއިން އެޓީމަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ އެކިއެކި މުއައްސަސާތަކާއިއެކު މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެ ޓީމުންވަނީ ފާހަގަކޮށްފައެވެ.

މި ޓީމުން ރާއްޖޭގެ ކަމާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް، މިކަމަށް ބޭނުންވާ މަޢުލޫމާތު ވަނީ ޙިއްސާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ފަންނީ ގޮތުން އެކިއެކި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ސެރުނާއީ ޙަލާލް އީކޮމާސްއިން މި މަސައްކަތް ކުރަނީ އިސްލާމިކް ޑިވޮލަޕްމެންޓް ބޭންކްގެ އެހީތެރިކަމާއެކުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް