Advertisement
ކ. މާލެ
|
14 ޖޫން 2023 | ބުދަ 11:37
އެމްއޭސީއެލް އާއި ސީއެޗްއެސްސީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން
އެމްއޭސީއެލް އާއި ސީއެޗްއެސްސީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން
އެމްއޭސީއެލް
އެމްއޭސީއެލް
ސީއެޗްއެސްއީގެ މެރިޓް އެވޯޑުގެ ސްޕޮންސަރަކަށް އެމްއޭސީއެލް، އެވޯޑު ލިބޭ ކުދިންނަށް ތަމްރީނުގެ ފުރުސަތު!
ކޮންމެ އަހަރު ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނަށް މެރިޓް އެވޯޑު ދޭނެ
އެވޯޑު ލިބޭ ކުދިންނަށް ވީއައިއޭގައި ތަމްރީން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ
މިއީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ވެފައިވާ އެއްބަސްވުމެއް

ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގެ މެރިޓް އެވޯޑު ސްޕޮންސަރ ކުރުމަށް އެ ސްކޫލާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އަންގާރަ ދުވަހު އެމްއޭސީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މަހްޖޫބު ޝުޖާއުއެވެ. އަދި ސީއެޗްއެސްއީގެ ފަރާތުން ސޮއިކުރެއްވީ، އެ ސްކޫލުގެ ޕްރިންސިޕަލް އާއިޝަތު ސަފޫރާއެވެ.

އެމްއޭސީއެލުން މައުލޫމާތު ދޭ ގޮތުގައި މި ފަހުމުނާމާއަކީ، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ހިމެނިގެން ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ފަހުމުނާމާގެ ދަށުން ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ފާސް ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމާއިއެކު އިތުރު ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Advertisement

އެމްއޭސީއެލްއިން މި އެވޯޑް ސްޕޮންސަރ ކޮށްފައިވަނީ ތިން އަހަރު ދުވަހަށެވެ. "އެމްއޭސީއެލް މެރިޓް އެވޯޑްގެ" ގެ ދަށުން ސީއެޗްއެސްސީގެ ގްރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަންހެން ދެ ދަރިވަރުންނާއި ފިރިހެން ދެ ދަރިވަރަކަށް ކޮންމެ އަހަރަކު އެވޯޑް ދޭނެއެވެ. މި ދަރިވަރުންނަށް އެމްއޭސީއެލް ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވިދާޅުވީ، މި އެވޯޑުގެ އަމާޒަކީ ކުދިންގެ ކިޔެވުމުގައި ހޯދާ ކާމިޔާބީ ފާހަގަކުރުމުގެ އިތުރުން މިފަދަ ކާމިޔާބީ ހޯދާ ދަރިވަރުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އަދި އެމްއޭސީއެލްގައި އެ ދަރިވަރުންނަށް ވަޒީފާގެ ތަމްރީނާއި ތަޖްރިބާ ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ މުހިންމު މަގުސަދެއް ކަމަށާއި، މީގެ ސަބަބުން އެމްއޭސީއެލްގެ ވަޒީފާއާ ގުޅޭ ދަރިވަރުންގެ ނިސްބަތް އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ، ތައުލީމީ ގޮތުން ކުރިއެރުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ އިތުރުން ގައުމަށް ބޭނުންވާ ހިންގުންތެރި އިސްވާރުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް