ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 17:34
މަޖިލީހުގެ އަމީން އާންމު ފަތިމަތު ނިއުޝާ
މަޖިލީހުގެ އަމީން އާންމު ފަތިމަތު ނިއުޝާ
މަޖިލިސް
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ
ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުގެންދެވުމަކީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނޫން - އަމީން އާއްމު
ނިއުޝާ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގަ
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނޯޓިސްގެ މުއްދަތު ޖޫން 8 ވަނަ ދުވަހަށް ހަމަވެފައި
ކުރިން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ޖޫން މަހުގެ 11 ވަނަ ދުވަހަށް އެޖެންޑާކޮށްފައިވޭ

ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުގެންދެވުމަކީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނޫންކަމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.

ނިއުޝާ މިފަދައިން ވިދާޅުވީ އަންގާރަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައެވެ.

އެ ސިޓީގައި ނިއުޝާ ވަނީ އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ގުޅިގެން އޭނާ އަށް ދޭން ޖެހޭ ނޯޓިސްގެ މުއްދަތު ޖޫން 8 ވަނަ ދުވަހަށް ހަމަވެފައިވާ ކަން ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލަ ޖޫން މަހުގެ 11 ވަނަ ދުވަހަށް އެޖެންޑާކޮށްފައިވާ ކަމަށާއި އެ ގަރާރަކީ އެ ދުވަހު ހުށަހެޅެން ވާނެ ގަރާރެއް ކަމަށް ވެސް ނިއުޝާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެ ދުވަހު ޖަލްސާ ނުބޭއްވި ވަނީ އާއްމު ކޮމިޓީން އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތާއި ގަރާރުގެ ވަގުތު ކަނޑައަޅާފައި ނުވާތީ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

ނިއުޝާގެ ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތައް އަދި ވަކި ވަކި ޕާޓީތަކަށް އައި ބަދަލާއި އެކު މަޖިލީހުގެ ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލު އަދިވެސް ގެނެވިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެއީ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅި މަޑުޖެއްސިދާނެ ސަބަބެއް ކަމަށް ފެނިވަޑައިނުގަންވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

ނިއުޝާގެ ސިޓީގައި މަޖިލީހުގެ ރައިސަކީ ވަކި ފަރާތަކަށް ނުޖެހި ޤާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާއި މަޖިލީހުގެ ނިންމުންތަކާއި އެއްގޮތަށް މަޖިލީހުގެ އިދާރާ އާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ހިންގުމުގެ އިސް ވެރިޔާކަން މަޖިލީހުގެ ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) އިން އެނގޭ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ހުށަހެޅުމުން ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް އީވާގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓަވަން ޖެހެނީ މަޖިލީހުގެ ރައީސް ކަން ގަވާއިދުން އެނގެން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މައްސަލަ ކުރިއަށް ގެންދެވިދާނެ ގޮތުގެ ޤާނޫނީ ލަފާ ވެސް އަމީން އާއްމު ވަނީ ނަޝީދަށް އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް