ކ. މާލެ
|
12 ޖޫން 2023 | ހޯމަ 10:23
މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ޖަލްސާ
ގަވާއިދާއި ޚިލާފަށް މަޖިލިިސް ގެންދާތީ މެންބަރުން އިހުތިޖާޖުކުރަން ފެށުމުން މަޖިލިސް ނިންމާލައިފި
މަޖިލީހުގެ ޖަލްސާ ފެށުމާއެކު މަޖިލީހުގެ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަނީ ޤަވާއިދާއި ޚިލާފަށް ކަަމަށް ފާހަގަކުރައްވާ ނިޒާމީ ނުކުތާތައް ނަންގަވާފައި
މަޖިލީހުގެ ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އިންނެވުމަށް މަޖިލީހުގެ ޤަވާއިދު ތަންދޭތޯ މެންބަރުން ސުވާލުކުރައްވާ
މެންބަރުން ނިޒާމީ ނުކުތާތައް ނެންގެވި ނަމަވެސް ރިޔާސަތުން އެކަމަށް އިޖާބަ ނުދެއްވާތީ މެންބަރުން ވަނީ އެކަމާމެދު ނުރުހުން ފާޅުކުރައްވާފައި

ގަވާއިދާއި ޚިލާފަށް މަޖިލީސް ކުރިއަށް ގެންދާތީ މެންބަރުން އިހުތިޖާޖުކުރަން ފެށުމުން މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ ޖަލްސާގައި މިއަދު އެޖެންޑާކޮށްފައި އޮތީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނ،ީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާއާ ކުރައްވާ ސުވާލުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާ ފެށުމާއެކު މަޖިލީހުގެ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަނީ ޤަވާއިދާއި ޚިލާފަށް ކަަމަށް ފާހަގަކުރައްވާ ނިޒާމީ ނުކުތާތައް ނަންގަވާފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މި ވަގުތު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ކަމަށް މަޖިލީހުގެ އިދާރާ އަށް އަންގަވާފައެވެ. މަޖިލީހުގެ މެންބަރުން ވަނީ މަޖިލީހުގެ ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އިންނެވުމަށް މަޖިލީހުގެ ޤަވާއިދު ތަންދޭތޯ ސުވާލުކުރައްވާފައެވެ. މީގެ އިތުރުން މަޖިލީހުގެ ގަވާއިދުގައި ވާގޮތުގެ މަތިން ޖަލްސާ ކުރިއަށްގެންދާނަމަ ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެނިހެން މަސައްކަތްތައް ނުކުރެވޭނެ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.

މެންބަރުން ނިޒާމީ ނުކުތާތައް ނެންގެވުމުން ނިޒާމީ ނުކުތާތަކަށް އަފީފް ޖަވާބުދެއްވާފައެއް ނުވެއެވެ. އެކަމާއި ގުޅޭގޮތުން މެންބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ އިތުރުން މަޖިލީހުގެ އެހެން ބައެއް މެންބަރުން ވަނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި ވަނީ ކޮން ސަބަބަކާއި ހުރެތޯ ސުވާލުކުރައްވާފައެވެ. މެންބަރުންގެ ސުވާލަށް ޖަވާބުދެއްވަމުން އަފީފް ވަނީ އެކަމާމެދު މަޖިލީހުގެ އަމީން ޢާއްމު ދެކެވަޑައިގަންނަވާ ގޮތް ސިޓީއަކުން އަންގަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ. މެންބަރުން ވަނީ އެފަދަ ކަންކަމަކީ މަޖިލީހުގެ ރެކޯޑަށް ޓަކައި ވެސް ތަޅުމުގައި ރިޔާސަތުން ސާފުކޮށްދެއްވަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މެންބަރުން ނިޒާމީ ނުކުތާތައް ނެންގެވި ނަމަވެސް އެކަމަށް އިޖާބަ ނުދެއްވާތީ މެންބަރުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި ރިޔާސަތަށް ފާޑުވެސް ވިދާޅުވެފައެެވެ. އަދި މަޖިލީހުގެ ނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ސަނީފު ވަނީ އަފީފް ކަންކަން ކުރައްވަނީ މުގާބެ ކަންކަން ކުރާގޮތަށް ކަަމަށް ވިދާޅުވެ، އަފީފަށް ފާޑު ވިދާޅުވެފައެވެ. އެމްޑީޕީގެ މެންބަރުންގެ އިތުުރުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް ވަނީ ބޭނުންހާ ގޮތަކަށް މަޖިލީސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.

މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވާ އަފީފް ވަނީ ރިޔާސަތުން ވާހަކަދައްކާ އިރު ނިޒާމީ ނުކުތާ ނުނެންގެވޭނެ ކަަމަށް ވެސް ވިދާޅުވެފައެވެ. އަދި މެންބަރުންގެ ވާހަކަތަކަށް އަފީފު ރައްދުދެއްވިއެވެ. އަދި މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުންތައް ހިއްސާކުރަން ފެށުމުން މަޖިލީސް ހޫނުވެ މަޖިލީސް 5 މިނިޓަށް މެދުކަނޑާލިއެވެ. އެއަށް ފަހު އަލުން ޖަލްސާ ފެށުމަށް ފަހު ކުއްލި މައްސަލަ އެއް މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރިއެވެ. ޖަލްސާ މެދުކަނޑާލީ ގަވާއިދާއި ޚިލާފަށް މަޖިލިސް ހިންގާތީ މެންބަރުން އިހުތިޖާޖުކުރަން ފެށުމުންނެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް