ކ. މާލެ
|
10 ޖޫން 2023 | ހޮނިހިރު 20:10
އީވާ އަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް
އީވާ އަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް
ރައްޔިތުންގެ މަޖިލިސް
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ - އަމީން އާއްމު
ކޮމިޓީތަކަށް ބަދަލު ނުގެންނަހާ ހިނދަކު ކޮމިޓީތައް ދެމި އޮންނާނެ ކަމަށާއި އެހެންކަމުން އާއްމޖު ކޮމިޓީގެ ބައްދަލުވުން ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނެތް ކަމަށް ވަނީ އެމްޑީޕީ ޕީޖީ ގްރޫޕުން ބުނޭ
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ޖޫން 11 އަށް އެޖެންޑާ ކުރި
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަަމަށް އެމްޑީޕީން ބުނޭ

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ތަޅުމަށް ހުށަނާޅާތީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.

ނިއުޝާ އެފަދައިން ވިދާޅުވީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާނުކޮށް އެހެން މައްސަލަ އެއް އެޖެންޑާ ނުކުރެވޭނެ ކަމަށް ފާހަގަކުރައްވާ އެމްޑީޕީގެ ޕީޖީ ލީޑަރު ހައްމަދު އަސްލަމް އެކަމަނާ އަށް ފޮނުއްވި ސިޓީގެ ޖަވާބުގައެވެ. އަސްލަމްގެ ސިޓީގައި މަޖިލީހުގެ އިތުރު އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ ސިޓީ އަށް ދެއްވި ޖަވާބުގައި އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ހުށަހެޅިފައިވާ ދަނޑިވަޅެއްގައި އެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނ،ީ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރުން ނުވަތަ ގޮތެއް ނިންމުން މަނާވެގެންވަނ،ީ އެ ޤަރާރުގެ ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ޖަލްސާއަށް އެ ޤަރާރު ހުށަހެޅުމަށްފަހުގައިކަމަށެވެ.

އެކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށް ވެސް އަމީން އާއްމު ވިދާޅުވިއެވެ. އެހެންކަމުން 23 މޭ 2023 ގައި މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވައ،ި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ ނައިބު ރައީސްއަށް ދީފައިވީނަމަވެސް އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އަދި ހުށަހެޅިފައިނުވާމަށް ނިއުޝާ ވަނީ ވިދާޅުވެފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރީ އާދިއްތަ ދުވަހަށެވެ. ނަމަވެސް ފަހުން އެ ޖަލްސާ ކެންސަލް ކުރީ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް އައި ބަދަލާއި އެކު ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި، އެކަމުގެ ސަބަބުން އާއްމު ކޮމިޓީގެ ބައްދަލުވުން ނުބޭއްވޭ ކަމަށް ފާހަގަކޮށެވެ. އޭގެ ސަބަބުން އާއްމު ކޮމިޓީން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތް ކަނޑަނޭޅިވާ ކަމަށް ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނީ ދާއިމީ ކޮމިޓީތައް ހިންގެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް އަންނަ ބަދަލުތައް މަޖިލީހުން ފާސްކުރައްވައިގެން ކަމަށެވެ. އަދި ކޮމިޓީތަކަށް ބަދަލު ނުގެންނަހާ ހިނދަކު ކޮމިޓީތައް ދެމި އޮންނާނެ ކަމަށާއި އެހެންކަމުން އާއްމު ކޮމިޓީގެ ބައްދަލުވުން ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

Advertisement

Advertisement
- ކޮމެންޓް