Advertisement
ކ. މާލެ
|
10 ޖޫން 2023 | ހޮނިހިރު 07:43
ގައިދީންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ އާޓް ވޯކްޝޮޕްގެ ތެރެއިން
ގައިދީންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ އާޓް ވޯކްޝޮޕްގެ ތެރެއިން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ފޯރިންގ އާޓް ވޯކްޝޮޕް
ގައިދީންނަށް އަމާޒުކޮށްގެން "ޕޯރިންގ އާޓް ވޯކްޝޮޕް" ފަށައިފި
މި ވޯކްޝޮޕްގައި 10 ގައިދީންނާއި 02 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވޭ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ގައިދީންނަށް ޚާއްސަކޮށްގެން، "ޕޯރިންގ އާޓް ވޯކްޝޮޕް" ފަށައިފިއެވެ.

މާފުށީ ޖަލުގައި އޮންނަ މި ވޯކްޝޮޕްގައި 10 ގައިދީންނާއި 02 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވެއެވެ.  

ދިވެހި އާޓިސްޓުން ތަރައްގީކުރުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމުގައިވާ މިއުސްއާ ގުޅިގެން ފެށި މި ވޯކްޝޮޕަކީ 6 ދުވަހަށް ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މިއުސްއިން ގައިދީންނަށް މި ވޯކްޝޮޕް ހިންގައިދެނީ ހިލޭސާބަހަށެވެ.

Advertisement

ގައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން، ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ މިފަދަ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގެ މަގުސަދަކީ، ގައިދީންނަށް ޖަލުގައި ދަސްކޮށްދޭ އެކި ހުނަރުތަކުގެ އެހީގައި، ޖަލުން ނިކުތުމަށްފަހު މުޖުތަމައަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމެވެ.   

މިގޮތުން ގައިދީންގެ ތެރޭގައި ކުރެހުމަށް ޝައުގުވެރިވާ ގިނަ ފަރާތްތައް ތިބިއިރު، މި މަހުގެ 1ގައި ބޭއްވި "އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ"ގައި ގައިދީންގެ ގިނަ ކުރެހުންތައް އާންމުންނަށް ދައްކާލާފައިވެއެވެ. އަދި މީގެ ތެރެއިން ކުރެހުންތައް ވިކިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް