Advertisement
ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 19:23
ކުނޫޒްގައި ބޭއްވި ޖަލްސާ
ކުނޫޒްގައި ބޭއްވި ޖަލްސާ
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ހަފްތާ ބަންދުގައި 9 ރަށެއްގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖަލްސާ ބާއްވަނީ!
ދަތުރުތައް ކުރަނީ ތިން ޓީމަކަށް ބަހާލައިގެން
މިދަތުރުތަކުގައި ރައްޔިތުންގެ ހިޔާލު ހޯދޭނެ
ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެވޭނެ

 ހަފްތާ ބަންދާ ދިމާކޮށް އަތޮޅު ތެރެއަށް ކުރާ ދަތުރުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ 9 ރަށެއްގައި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

މާފަންނު ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، އަތޮޅު ތެރޭގެ ތިން ސަރަހައްދަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތިން ޓީމެއް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެއް ޓީމުން ހދ އަތޮޅާއި ހއ އަތޮޅަށް ދަތުރު ކުރައްވާ އިރު އެ އަތޮޅުގެ ތިން ރަށަކަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ހއ. ދިއްދޫ އާއި ހދ ހަނިބާދޫ އަދި ބާރަށުގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދެވަނަ ޓީމް ދިއުމަށް ހަމަޖެހިފައިވަނީ ގއ އަދި ގދ އަތޮޅަށެވެ. އެގޮތުން ގއ ވިލިނގިލީގައާއި ގދ ތިނަދޫ އަދި ގދ ގައްދޫއަށް މި ޓީމް ޒިޔާރަތް ކުރާނެ އެވެ.  އަލީ ހުސައިން ވިދާޅުވީ، ތިން ވަނަ ޓީމު ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ރ، ބ، އަދި ނ އަތޮޅަށެވެ. އެގޮތުން ރ އަތޮޅު ދުވާފަރާއި، ބ. ތުޅާދޫ އާއި ނ. މަނަދޫގައިވެސް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން އަލީ ހުސައިން ފާހަގަކުރެއްވި އެވެ.

އަތޮޅުތަކުގައި ޖުމްލަ 9 ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު މިދަތުރުތަކުގެ ބޭނުމަކީ، ސިޔާސީ ގޮތުން މިކުރާ މަސައްކަތަކީ ރައްޔިތުންނާއ ގުޅިގެން ކުރަމުންދާ މަސައްކަތެއްކަން ރައްޔިތުންނަށް ހާމަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

" މިދަތުުރުތަކުގެ ބޭނުމަކީ ސިޔާސީ ގޮތުންމިކުރާ ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމުގެ އިތުރަށް މިކަންކަމުގައި އަމަލުކުރަން ޖެހޭ ގޮތްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުން." އަލީ ހުސައިން ވިދާޅުވި އެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް