ކ. މާލެ
|
8 ޖޫން 2023 | ބުރާސްފަތި 08:05
ރޯވި އަލިފާން ނިއްވާލާފައި
ރޯވި އަލިފާން ނިއްވާލާފައި
އެމްއެންޑީއެފް
ދޯންޏެއްގައި ރޯވުން
ކުނި ބަރުކޮށްގެން ދިޔަ ދޯންޏެއްގެ އިންޖީނުގައި ރޯވެއްޖެ
މި ހާދިސާ ރިޕޯޓު ކޮށްފައިވަނީ ރޭ މެންދަމު 03:51 ހާއިރު
އަލިފާން ނިއްވާލާފައިވަނީ ފަތިހު 04:48 ހާއިރު
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ

ސަން އައިލެންޑް ރިސޯޓުން ކުނި ބަރުކޮށްގެން ހުޅުމާލެ އަށް ވަންނަން އައި "ސީއެމްއެފް-2" ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނުގެ ޑީސަލް ޓޭންކުގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ މެންދަމު 03:51 ހާއިރު ކަމަށެވެ. ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން 03:55 ހާއިރު އެ ސަރަހައްދަށްގޮސް އަލިފާން ނިއްވުމުގެ މަަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ދޯނީގައި ރޯވެފައިވަނީ ހުޅުމާލެ ފިއުލް ސަޕްލައި މޯލްޑިވްސްގެ ހުޅަނގުން ބަނދަރަށް ވަންނަނިކޮށް ކަމަށެވެ. އާންމުންގެ އެހީއާއެކު ދޯނި އެދިމާލު ބަނދަރަށް ގާތްކުރުމުން ފޯމު ބޭނުންކޮށްގެން އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އަލިފާން ނިއްވާލާފައިވަނީ ފަތިހު 04:48 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް