ކ. މާލެ
|
7 ޖޫން 2023 | ބުދަ 19:19
ބުދަ ދުވަހު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ބުދަ ދުވަހު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
ދިވެހި ހައްޖުވެރިން
މި އަހަރު ދިވެހި ހުރިހާ ހައްޖުވެރިން މިނާއާއި އަރަފާތުގައި ތިބޭނީ އެއް ސަރަހައްދެއްގައި
މި ބައްދަލުކުރެއްވުން އޮތީ މައްކާގައި ހުންނަ، އަލްބައިތު ގެސްޓްސްގެ މައި އޮފީހުގައި
ހައްޖުވެރިންނަށް ދޭ ޚިދުމަތްތައް މިއަހަރު އިތުރަށް ފުރިހަމަވާނެ

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު މިނާއާއި އަރަފާތުގައިވެސް ދިވެހި އެންމެހައި ހައްޖުވެރިން ތިބޭނީ އެއް ސަރަހައްދެއްގައި ކަމަށް، އަލްބައިތު ގެސްޓްސްގެ މެނޭޖިންގ ޑިރެކްޓަރު އުސާމާ އަބްދުﷲ ދާނިޝް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު 1444 ވަނަ އަހަރު ދިވެހިރާއްޖެއިން ވަޑައިގަންނަވާ ހައްޖުވެރިންނަށް ޚިދުމަތް ދޭ ކުންފުނިކަމުގައިވާ އަލްބައިތު ގެސްޓްސްއާ ދިވެހި ހައްޖު މިޝަނުން ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން އޮތީ މައްކާގައި ހުންނަ، އަލްބައިތު ގެސްޓްސްގެ މައި އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ، ޚިދުމަތް ދިނުމުގައި ދިވެހި ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންނާއި، މިނާއާއި އަރަފާތުގައި ހައްޖުވެރިންނަށް ޚިދުމަތްދިނުމަށް އެ ކުންފުނިން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭގޮތުންނެވެ. އަދި މީގެ އިތުރުން ކުރީ އަހަރުތަކުގައި ދެވުނު ޚިދުމަތްތަކަށް ބަލާއިރު، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ކުންފުނީގެ ސަމާލުކަމަށް ގެނެވިފައިވެއެވެ.

މި ބައްދަލުކުރެއްވުމަށްފަހު އަލްބައިތު ގެސްޓްސްގެ މެނޭޖިންގ ޑިރެކްޓަރު އުސާމާ އަބްދުﷲ ދާނިޝް ވިދާޅުވީ، އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު މިނާއާއި އަރަފާތުގައިވެސް ދިވެހި އެންމެހައި ހައްޖުވެރިން ތިބޭނީ އެއް ސަރަހައްދުގައި ކަމަށެވެ. އުސާމާ ވިދާޅުވީ ހައްޖުވެރިންނަށް ދޭ ޚިދުމަތްތައް މިއަހަރު އިތުރަށް ފުރިހަމަވާނެ ކަމަށާއި، ސިއްހަތަށްވެސް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އަޅާފައިވާކަމަށެވެ. އަދި ޚިދުމަތުގެ ފެންވަރު ކުރީ އަހަރުތަކަށްވުރެ ރަނގަޅުވާނެކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.

މީގެ އިތުރުން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމަށް އިޝާރާތްކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް އުންމީދުކުރައްވާކަަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދިވެހި ހައްޖު މިޝަންގެ ހުރިހައި ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް