Advertisement
ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 18:24
ރައީސް ނަޝީދު: ގުޅިފައިވާ ޕާޓީތަކުން ދަނީ މަޖިލީހުގެ ރައީސް ބޭރުކުރުމުގެ މަސައްކަތް ކުރަމުން
ރައީސް ނަޝީދު: ގުޅިފައިވާ ޕާޓީތަކުން ދަނީ މަޖިލީހުގެ ރައީސް ބޭރުކުރުމުގެ މަސައްކަތް ކުރަމުން
ރާއްޖެ އެމްވީ
ރައީސް ނަޝިދު
ސުޕްރީމް ކޯޓަކަށްވެސް ޤާނޫން އަސާސީއާ ޚިލާފަކަށް ނިންމުންތައް ނުނިންމޭނެ:ރައީސް ނަޝީދު
ޤާނޫން އަސާސީގެ ބާރު ކަނޑުވާލުމަކީ ރައްޔިތުންނާއި ދެކޮޅަށް ވެވޭ އެންމެ ބޮޑު ޚިޔާނާތް
ސަރުކާރަށް ވަނީ މަޖިލީހުގެ މެޖޯރިޓީ ގެއްލިފައި
ސަރުކާރުން ވަނީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތައް ކަނޑައެޅުމަށް ހުށަހަޅާފައި

ސުޕްރީމް ކޯތުގެ ފަނޑިޔާރުންނަށްވެސް ޤާނޫން އަސާސީއާ ޚިލާފަށް ނިންމުންތަކެއް ނުނިންމޭނެ ކަމަށް ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށްވެސް ޤާނޫން އަސާސީއާ ޚިލާފް ނިންމުންތައް ނުނިންމޭނެ ކަމަށެވެ. އަދި ޤާނޫން އަސާސީގެ ބާރު ކަނޑުވާލުމަކީ ރައްޔިތުންނާއި ދެކޮޅަށް ވެވޭ އެންމެ ބޮޑު ޚިޔާނާތް ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭފަދަ ގޮތަކަށް ކަނޑައަޅައިދިނުމަށް ސަރުކާރުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. ދިވެހި ރައްޔިތުންގެ ނަމުގައި ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވީ، ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ އިތުރުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ މާނަކޮށް، މަޖިލިހަށް އިންތިޚާބްވާއިރު ހުންނަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ އެމެންބަރެއްގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޖީ ގުރޫޕުން ބުނެފައިވަނީ އެކަމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި ސުޕްރީމް ކޯޓުން އެގޮތައް އެކަން ކޮށްދެއްވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ. އެގޮތައް ކަނޑައަޅައިފިނަމަ މެންބަރުކަން ގެއްލިދާނެ ވަރަށް ގިނަ މެންބަރުން ސަރުކާރު ހިންގާ ޕީޕީއެމްގައި ތިބި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ ގޮނޑި ގެއްލޭއިރު ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގައި ތިބި އެފަދަ މެންބަރުންގެ ގޮނޑި ނުގެއްލޭނެ ގޮތަކަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދެއްވާނެ ކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އެމެންބަރުންނަށް ވަނީ ލިބިފައެވެ.

ދައުލަތުގެ ބަންޑާރައިބު މިފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި މިވަނީ ޕީޕީއެމްގެ 11 މެންބަރަކު އިދިކޮޅު ގުޅިފައިވާ ޕާޓީތަކަށް އެއްބާރުލުން ދިނުމަށް ނިންމުމުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނު ފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
12 ޖުލައި 2017 | ބުދަ 07:12
SALEEM
Kaley thee kaaku.sonibe
11 ޖުލައި 2017 | އަންގާރަ 18:57
ހަސަނު
ތިޔަގާނޫނުއަސާސިއްޔަކީ މަތިންބާވާލެއްވިއެއްށެއްތަ މަތިންބާވާލެއްވި ގާނޫނުއަސާސިއްޔައްވެސް ކަލޭމެންބޮލެންނުލަބާ ތިޔައިންސާނުންހަދާ ގާނޫނަންއިންސާނުންނަން ބޭނުންގޮތެންހެދޭނެ (މަރުކޮހާ)