ކ. މާލެ
|
7 ޖޫން 2023 | ބުދަ 13:18
މެންބަރު ސައުދު ހުސެއިން
މެންބަރު ސައުދު ހުސެއިން
އެމްޑީޕީގެ ކުރިމަގު
އެމްޑީޕީ އެއް ނުފެތޭނެ، ފެތޭނީ އެމްޑީޕީ ފައްތަން އުޅޭ މީހުން - ސައުދު
ސަރުކާރުން މިއަދު ކަންކަން ކުރަމުންދަނީ ރަނގަޅަށް ކަމަށް ސައުދު ވިދާޅުވި
މި ނޫން ސަރުކާރެއް އޮތް ނަމަ މިއަދު ޓްރިލިއަނުން ފައިސާ ވަގަށް ނަގާނެ ކަމަށް ސައުދު ވަނީ ވިދާޅުވެފަ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ނުފެތޭނެ ކަމަށާއި ފެތޭނީ އެމްޑީޕީ ފައްތަން އުޅޭ މީހުން ކަމަށް ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

މި ނޫން ސަރުކާރެއް އޮތް ނަމަ މިއަދު ޓްރިލިއަނުން ފައިސާ ވަގަށް ނަގާނެ ކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ސަރުކާރުން މިއަދު ކަންކަން ކުރަމުންދަނީ ރަނގަޅަށް ކަމަށް ފާހަގަކުރައްވާ ސައުދު ވިދާޅުވީ ރައްޔިތުން ތިބީ ސަރުކާރަށް ދެ ވަނަ ދައުރެއް ދިނުމަށް ތައްޔާރަށް ކަމަށް ސައުދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދަނީ ރާއްޖެ ފަސާދަކުރަން މަސައްކަތްކުރަމުން ކަމަށެވެ. އެކަންކަން ކުރަމުން ދަނީ ރާއްޖޭގައި މިހާރު އޮތް ހަމަޖެހުމާއި ކުރިއެރުމުގެ ސަބަބުން މި ސަރުކާރަށް ދެ ވަނަ ދައުރެއް ލިބިދާނެ ބިރު އޮތުމުން ކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.

ސައުދު ވިދާޅުވީ އެމްޑީޕީ ތެރެއިން ބަޔަކު ފޫކަހާފައި ދިޔަ ކަމުގައި ވީނަމަވެސް އެ ޕާޓީ ކުރިއަށް ދާނެ ކަމަށެވެ. އެމްޑީޕީ އަކީ އޮޑިއެއް ކަމަށާއި އެ އޮޑި ނުފެތޭނެ ކަމަށް ބުނި މީހުން މިއަދު މަސައްކަތްކުރަމުން ދަނީ އެމްޑީޕީ ފައްތާލުމަށް ކަމަށް ސައުދު ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކާމިޔާބުވާނެ ކަމަށް

އެމްޑީޕީ ތެރެއިން ފޫކަހާލާފައި ކުޑަ ކުޑަ ބޮއްކުރާ އެއް ދިޔައެއް ކަމަކު މި ބޮޑު އޮޑި އެއް ނުފެތޭނެ. ފެތޭނެ ފައްތަން އުޅުނު މީހުން އެދަނީ ފެތިގެން. މި އޮޑި ނުފެތޭނެ ކަމަށް ބުނި މީހުން ފައްތަން އުޅެފަ ނުފެތިގެން އެ ދިޔައީ ރެސްކިއު ބޯޓަށް އަރައިގެން. އަޅުގަނޑުމެން އަނެއްކާވެސް އެ ރެސްކިއު އަށް ދާން މިޖެހެނީ. އަޅުގަނޑުމެން މި ޖެހެނީ ދާން. އެ ބޭފުޅުން އަނބުރާ ރުޖޫއަވާށޭ. އެމްޑީޕީ އަކީ ރާއްޖޭގެ ސިޔާސަތުތަކާއި ގުޅިވަޑައިގަންނަވާށޭ.
ސައުދު ހުސެއިން

ސައުދު ވަނީ މަޖިލީހުގެ ތެރެއިން ސަރުކާރަށް ފާޑުކިޔަނީ ވެސް ސަރުކާރުން ކުރާ ކަންކަން ރަނގަޅުވުމުން ސަރުކާރަށް އޮތް ތާއީދު ބޮޑުވާތީ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރީ ސަރުކާރުގައި މަޖިލީހުގައި އަމަލުކުރި ގޮތް ފާހަގަކުރައްވާ އޭނާ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އޭރުގެ މަޖިލީހުން ޤާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭރު 13 މެމްބަރަކަށް މަޖިލީހަށް ވަނަ ނުދީ އެ މެމްބަރުންގެ ޤާނޫނީ ވާޖިބަށް ހުރަސް އެޅިކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް