Advertisement
ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 17:56
މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު
މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު
ރާއްޖެއެމްވީ
މާލޭ ސިޓީ ކައުންސިލް
ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން އެތައްސަތޭކަ ރައްޔިތުންނަށް އަދިވެސް ފްލެޓް ލިބިފައި ނުވާތީ ހިތާމަކުރަން: މޭޔަރ ޝިފާ
މަޖްބޫރީ ހާލަތުގައި މާލޭ ސިޓީއަށް ހިޖްރަކުރާ މީހުންގެ އިންސައްތަ އާބާދީގެ 5.9 އަށް ވަނީ އަރާފައި
މިއަހަރުގެ އާބާދީ ދުވަހުގެ ޝިއާރަކީ،"ފެމިލީ ޕްލޭނިންގ: އެމްޕަވަރިންގ ޕީޕަލް، ޑިވެލޮޕިންގ ނޭޝަންސް"
ވެށިފަހިމާލޭގެ ދަށުން އެތައް ސަތޭކަ ބަޔަކަށް ވަނީ އަދިވެސް ފްލެޓް ނުލިބި

ވެށިފަހިމާލޭ ޕްރޮގްރާމްގެ ދަށުން އެތައްސަތޭކަ ރައްޔިތުންނަށް އަދިވެސް ފްލެޓް ލިބިފައި ނުވާތީ ހިތާމަކުރައްވާކަމަށް މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

 

މިއަދު ފާހަގަކުރަމުންދާ، ދުނިޔޭގެ އާބާދީ ދުވަހާއި ގުޅުވައިގެން މާލޭ ސިޓީގެ މޭޔަރ ސިފާ ނެރުއްވާފައިވާ ޚިތޯބުގައި ވިދާޅުވީ، މާލެ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ތޮއްޖެހުމުގެ މައްސަލަކަމަށެެވެ. އަދި ތޮއްޖެހުން ކުޑަކުރުމަށްޓަކައި ރައީސް ނަޝީދުގެ ސަރުކާރުން ފެށި ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން ފްލެޓްލިބޭކަމުގެ ލިޔުން ލިބިފައިވީނަމަވެސް، މާލޭގައި އޮތް އެފަރާތްތަކުގެ ބިންކޮޅު ދޫކޮށްލުމަށްފަހު، ބަދަލުގައި އެފަރާތްތަކަށް ހައްޤުވާ ބިންކޮޅު ނުވަތަ ފްލެޓް ނުލިބި އެތައް ސަތޭކަ ރައްޔިތުންނެއް ދިރިއުޅޭކަމީ، ހިތާމަކުރާކަމެއްކަމަށެވެ.

 

މޭޔަރގެ ޚިތާބުގައި ވިދާޅުވެފައިވަނީ، ބައިނަލް އަޤްވާމީ އާބާދީ ދުވަސް ފާހަގަކުރަމުންދާއިރު، ވިސްނާލަންޖެހޭ އެންމެ މުހިއްމު ކަމަކީ، މަޖްބޫރީ ހާލަތުގައި މާލޭ ސިޓީއަށް ހިޖްރަކުރާ މީހުންގެ އިންސައްތަ އާބާދީގެ 5.9 އަށް އަރާފައިވުމެވެ.  މިއީ ކަމާއިބެހޭ ހުރިހާ އިދާރާ އަކުންވެސް ސަމާލުކަންދޭންޖެހޭނެ މުހިއްމު ކަމެއްކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

 

"އެއްތަނަކަށް ތޮއްޖެހުމުގެ ނަތީޖާ އަކީ މާލޭގައި އެތަކެއް އިޖްތިމާޢީ މައްސަލަތަކެއް އުފެދުމެވެ. އެގޮތުން މަގުތައް ތޮއްޖެހުމާއި، ދުއްވާ އެއްޗިހި އިންތިހާއަށް އިތުރުވުމާއި، ކުނީގެ މައްސަލަތައް އިތުރުވުމާއި، ބޯފެނަށް ޖެހުމާއި، ސާފުތާހިރުކަން ކުޑަވުމާއި ސިއްހީ މައްސަލަތައް އިތުރުވުމާއި، ގޭންގު މާރާމާރީއާއި ކުށްކުރާ މިންވަރުއިތުރުވުމާއި ޖާގައިގެ ދަތިކަމުގެ އިތުރުން ތަފާތު ގިނަ މައްސަލަތައް ހިމެނިގެންދެއެވެ" މޭޔަރ ގެ ޚިތާބުގައި ބުނެފައިވެއެވެ.

 

މާލޭގައި މިހާރު 2 ލައްކައާ ގާތަށް މީހުން ދިރިއުޅެމުންގެން ދާއިރު، މަލޭސިޓީގައި ހުރި މައްސަލަތަކަށް ރިއާޔަތްކޮށް މާލޭ ސިޓީގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކާއި، ހައްޤުތައް ކަށަވަރުކޮށްދީ، މާލޭ ސިޓީގައި ދިރިއުޅޭއެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ ޒިންމާއެއްކަމުގައި ދެކޭކަމަށް މޭޔަރގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.

މިއަހަރުގެ އާބާދީ ދުވަހުގެ ޝިއާރުކަމުގައިވާ،"ފެމިލީ ޕްލޭނިންގ: އެމްޕަވަރިންގ ޕީޕަލް، ޑިވެލޮޕިންގ ނޭޝަންސް"  އަށް އަލި އަޅުއްވާ މޭޔަރ ވިދާޅުވީ، ސިޓީއެއް ރޭވިގެން ހިނގުން މުހިއްމުވާ ފަދައިން، އާއިލާ ރޭވުމަކީ ދުޅަހެޔޮ، މުޖަތަމަޢުއަކީ ވަރަށް މުހިއްމު އެއް އަސާސްކަމަށެވެ. އަދި އިންސާނުން ތަރައްޤީވެ ދިއުމުގައި ރޭވިގެން އުފެދި، ހިނގާ އާއިލާތަށް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ.

 

މީގެ އިތުރުން ރޭވިގެން އާއިލާތައް ހިންގުމަކީ، މުޖްތަމަޢުގައި ހޭލުންތެރިކަން އިތުރުވެ، އިންސާނީ ވަސީލަތް ތަރައްޤީވެ، ރީތި އާދަކާދަތައް ދެމެހެއްޓި ޤައުމު ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ ކަންކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

 

ޤައުމު ތަރައްޤީ ކުރުމުގައްޔާއި، ވީދިފައިވާ މި މާލޭ ސިޓީގެ އިޖްތިމާޢީ ފޭރާން އަލުން އަނބުރާހޯދުމަށް، ސިޓީ ވެސް، އަދި އާއިލާތައްވެސް ރޭވިގެން ކުރިއަށް ގެންދިއުމަކީ ވަރަށްވެސް މުހިއްމު ކަމެއްކަމުގައި ދެކޭކަމަށް މި ޚިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް