ކ. މާލެ
|
6 ޖޫން 2023 | އަންގާރަ 15:07
ހުޅުމާލެ
ހުޅުމާލެ
އަމްނާ އިމާދު
އެކްސިޑެންޓް
އެކްސިޑެންޓުވެ، ސައިކަލުތަކަކާއި ބައިސްކަލަކަށް ގެއްލުންވެއްޖެ
މި އެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައެއް ނުވޭ

އެކްސިޑެންޓުވެ، ސައިކަލުތަކަކާއި ޓެކްސީއަކަށް ގެއްލުންވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ނިރޮޅުމަގުން ދުއްވާފައި ދިޔަ ކާރެއް، ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް، ހޯމަ ދުވަހުގެ ރޭ 8:52 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި މީހަކަށް އަނިޔާ ނުވާ ކަމަށެވެ. ނަމަވެސް އެކްސިޑެންޓުގައި 6 ސައިކަލާއި ބައިސްކަލަކަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށެވެ.

އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް