Advertisement
ކ. މާލެ
|
6 ޖޫން 2023 | އަންގާރަ 14:46
މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަވަނީ ގަވާއިދާ ހިލާފަށް ކަމަށް މެންބަރުން ދަނީ ވިދާޅުވަމުން
މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަވަނީ ގަވާއިދާ ހިލާފަށް ކަމަށް މެންބަރުން ދަނީ ވިދާޅުވަމުން
ރާއްޖެއެމްވީ
މަޖިލީހުގެ ޖަލްސާތައް
އިމްތިޔާޒުގެ މައްސަލަ ފާސްނުވުމުން ވެސް ކޮމިޓީއަށް މައްސަލަ ހުށަހެޅުމުން މަޖިލިސް ހޫނުވެއްޖެ
މަޖިލީހަށް ލިބިފައިވާ ލިޔެކިޔުންތައް ފޮރުވާފައިވާކަމަށް މެންބަރުން ވަނީ ވިދާޅުވެފައި
އިމްތިޔާޒުގެ މައްސަލަ ފާސްނުކުރުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް މެންބަރުން ވިދާޅުވި

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުށަހެޅުއްވި އިމްތިޔާޒާއި ބެހޭ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމުން ވެސް، އެ މައްސަލަ ކޮމިޓީއަށް ފޮނުވުމުން މަޖިލީހުގެ ޖަލްސާ ހޫނުވެއްޖެއެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުށަހެޅުއްވި، ބަންޑާރަ ނާއިބް އަލްއުސްތާޛް އިބްރާހީމް ރިފްއަތު މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިވަޑައިގަންނަވާފައިވާ ކަމަށް ބުނާ މައްސަލައެވެ. މި މައްސަލަ މެންބަރު އެދިވަޑައިގެންނެވީ ކޮމިޓީން ބެއްލެވުމަށެވެ. ނަމަވެސް މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުވާ އެއަށް ވޯޓު ނެގުމުން މައްސަލަ ވަނީ 48 މެންބަރުންގެ އަގުލަބިއްތަޔުން ބޭރުކޮށްލާފައެވެ.

ނަމަވެސް އިތުރު ސިޓީއެއް އޮތްކަމަށް ބުނެ ރިޔާސަތުން ވަނީ އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ކޮމިޓީއަށް ފޮނުވަން ނިންމާފައެވެ. މިކަމާއި ގުޅިގެން މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ގަވާއިދާއެއްގޮތަށް މަޖިލިސް ކުރިއަށް ގެންދިއުމަށް އެދި ނިޒާމީ ނުކުތާތައް ނަންގަވާފައެވެ.

Advertisement

ނިޒާމީ ނުކުތާއެއް ނަންގަވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 183 ވަނަ މާއްދާގައިވާ ގޮތަށް އިމްތިޔާޒުގެ މައްސަލަ ވޯޓަށް އަހައިގެން، އެ ވޯޓުން ބަހުސް ކުރަން ފާސް ނުވުމުން ދެން އެ މައްސަލަ ހުށެހެޅޭނެ ކޮމިޓީއެއް ނޯންނާނެ ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ މީގެ އަށް މަސް ކުރިން މަޖިލީހަށް ޗާގޯސް މައްސަލައިގެ ހުރިހާ ލިޔެކިޔުންތަކެއް ފޮނުވާފައިވާ ކަމަށެވެ. އެއީ 30 އޮކްޓޯބަރު 2022 ގައި ކަމަށާއި، 241 ކޮމިޓީއަކަށް ވެސް މިއިން އެއްވެސް ލިޔެކިޔުމެއް ނާންނަ ކަމަށެވެ. އަދި މަޖިލީހަށްވެސް ނާންނަ ކަމަށާއި، ސިއްރުން މިކަން ކުރެވޭނެ ނިޒާމެއް އެކަށައަޅާފައި ވާއިރު، މި ހުރިހާ ލިޔުމެއް ފޮރުވައިގެން އިންނެވީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

މަޖިލީހަށް އަންނަ ލިޔެކިޔުންތައް މި މަޖިލީހުގެ ތަޅުމުގައި ސިއްރުކޮށް ގެންދެވޭނެ ނިޒާމެއް ކަނޑައެޅިފައިވޭ އިއްޒަތްތެރި ރައީސް. މިއަދު ތި މައްސަލައިގައި މަނިކުފާނު ތި ވާހަކަ ދައްކަވާއިރުގައި މި މަޖިލީހުގެ އެހެން މެންބަރުންނަށް ތި ލިޔެކިޔުންތައް ނުފެނި މި މަޖިލީހަށް ހުށަނޭޅޭނެ މައްސަލައެއްގެ ގޮތުގައި ވިދާޅުވަމުން ގެންދަވާ އިރުގައި އެއީ މި މަޖިލީހުގައި...
ހަނިމާދޫ ދާއިރާގެ މެންބަރު

އިމްތިޔާޒުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އިދިކޮޅު މެންބަރުން ރިޔާސަތަށް ގޮވާލަމުން ދިއުމާއި ގުޅިގެން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ، ބަންޑާރަ ނައިބު މަޖިލީހުގެ އިމްތިޔާޒަކަށް އަރައިވަޑައިނުގަންނަވާ ކަމަށް މަޖިލީހުގެ 48 މެންބަރު ވޯޓު ދެއްވާ ނިންމާފައިވާ ކަމަށާއި، ނިޒާމީ މައްސަލައެއް ނެތްކަމަށް ވިދާޅުވެ ނިޒަމީ މައްސަލައެއް ހުށަހަޅުއްވާފައެވެ. މެންބަރު ވިދާޅުވީ ސާފުކޮށް ސީދާކޮށް އެ މައްސަލަ ނިންމަވާފައިވާ ކަމަށެވެ.

ރިޔާސަތުން އަމަލުރައްވަމުން ގެންދަވާ ގޮތުން، މަޖިލީހުގެ ގަވާއިދާ ހިލާފު ކަންތައްތައް ހުރިކަމަށް ބުނެ މެންބަރުން ވަނީ އަޑުގަދަކޮށްފައެވެ. އަދި މަޖިލީހުގެ ނިޒާމް ގެއްލިފައިވާކަމަށް ބުނެ ރިޔާސަތުން ވަނީ މަޖިލީހުގެ ޖަލްސާ ނިންމާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް