ކ. މާލެ
|
5 ޖޫން 2023 | ހޯމަ 20:32
ޔޫކްރެއިންގެ ހަނގުރާމައިގެ ތެރެއިން
ޔޫކްރެއިންގެ ހަނގުރާމައިގެ ތެރެއިން
ރޮއިޓަސް
ޔޫކްރެއިން-ރަޝިއާ ހަނގުރާމަ
ރަޝިއާއިން ހިފި ބަޚްމުތުގެ ބައެއް ސަރަހައްދުތައް ޔޫކްރެއިނުން އަނބުރާ ހޯދައިފި
ބަޚްމުތަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި މިހާތަނަށް އެންމެ ގިނަ ދުވަސް ވަންދެން ހަމަލާ ބަދަލުކުރެވުނު ސަރަހައްދު
ޔޫކްރެއިންގެ އަސްކަރިއްޔާއިން ބަޚްމުތުގެ ސަރަހައްދުތައް އަނބުރާ އަތުލަން ފަށާފައި މިވަނީ އެގައުމުގެ ރައްދު ހަމަލާތަކާއެކު
އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ރަޝިއާގެ ހަނގުރާމަވެރިން ފަހަތަށް ޖެހެން ފަށާފައިވާކަމަށްވެސް ރިޕޯޓުތައް ބުނޭ

ޔޫކްރެއިން ހަނގުރާމާގައި ރަޝިއާއިން ހިފާފައިވާ އެގައުމުގެ ބަޚްމުތުގެ ބައެއް ސަރަހައްދުތައް ޔޫކްރެއިން އަސްކަރިއްޔާއިން އަނބުރާ ނަގަން ފަށާފައިވާކަމަށް ރަޝިއާއިން ބަޚްމުތު ހިފުމުގައި އެންމެ އިސްދައުރެއް އަދާކުރި ވެގްނަރ ގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިން ބުނެފިއެވެ.

ޕްރިގޮޒިން މިހެން ބުނެފައިވާއިރު، ރަޝިއާ ސަރުކާރުގެ އިސް އޮފިޝަލަކުވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ބަޚްމުތުގެ ސަރަހައްދުތައް އަނބުރާ އަތުލަން ފަށާފައި މިވަނީ އެގައުމުގެ ރައްދު ހަމަލާތަކާއެކުއެވެ.

ރަޝިއާއިން ބަޚްމުތު ހިފާފައި ވަނީ ގިނަ މަސްތަކަކަށް ދެމިގެންދިޔަ ހަމަލާބަދަކުރުންތަކަކަށް ފަހުއެވެ. މިއީ ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި މިހާތަނަށް އެންމެ ގިނަ ދުވަސް ވަންދެން ހަމަލާ ބަދަލުކުރެވުނު ސަރަހައްދެވެ.

ޕްރިގޮޒިން ވަނީ ބަޚްމުތުގެ ހުޅަނގު އުތުރުގައި އޮންނަ ބަރޚިވްކާ މިހާރު ޔޫކްރެއުން އަނބުރާ އަތުލާފައިވާކަމަށް ބުނެފައެވެ. އަދި އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ރަޝިއާގެ ހަނގުރާމަވެރިން ފަހަތަށް ޖެހެން ފަށާފައިވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް