ކ. މާލެ
|
5 ޖޫން 2023 | ހޯމަ 07:23
އަރބަންކޯ އާއި ޓީ-ހަބް ފައުންޑޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
އަރބަންކޯ އާއި ޓީ-ހަބް ފައުންޑޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
އަރބަންކޯ
އަރބަންކޯ
އަރބަންކޯ އާއި ޓީ-ހަބާ ދެމެދު ޓެކްނޮލޮޖީ އަދި އިނޮވޭޝަނާ ގުޅުންހުރި އެއްބަސްވުމެއް
މިއީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް
ދެ ފަރާތުން އިނޮވޭޝަން އަދި ޓެކްނޮލޮޖީ ޓްރާންސްފަރ ކުރާނެ
ހުޅުމާލެއަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އީޖާދީ އީކޯސިސްޓަމެއް ބިނާކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރާނެ

ޓެކްނޮލޮޖީ އަދި އިނޮވޭޝަން ބްރިޖެއް ގާއިމްކުރުމަށް އަރބަންކޯ އާއި ޓީ-ހަބް ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އާދީއްތަ ދުވަހު އަރބަންކޯގައި ބޭއްވި ރސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފުއެވެ. ޓީ-ހަބް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޑެލިވަރީ އޮފިސަރު އާނިޝް އެންތަނީއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން އަރބަންކޯއާއި، ޓީ-ހަބް ފައުންޑޭޝަނާ ދެމެދު އިނޮވޭޝަން އަދި ޓެކްނޮލޮޖީ ޓްރާންސްފަރ ކުރާނެއެވެ. އަދި ހުޅުމާލެއަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އީޖާދީ އީކޯސިސްޓަމެއް ބިނާކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވެސް އަރބަންކޯއިން ބުންޏެވެ.

Advertisement

އަރބަންކޯއާއި ޓީ-ހަބް ފައުންޑޭޝަނާ ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމަކީ ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސޮއިކުރި އެއްބަސްވުމެކެވެ.

ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އަރބަންކޯގެ ސްމާޓްކޮމް ބްރޭންޑުން ދަނީ އެކަމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތަޢާރަފު ކުރަމުންނެވެ. ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ލުއި ފަސޭހަ ސްމާޓް ސިޓީއަކަށް ހުޅުމާލެ ވެގެން ދިއުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއް ކަނަށް އަރބަންކޯއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް