ކ. މާލެ
|
3 ޖޫން 2023 | ހޮނިހިރު 07:08
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޕޮލިސް މީޑިޔާ
މުދަލާއެކު ފިލި ޓެކްސީއެއް ހޯދުން
150،000 ރުފިޔާގެ މުދަލާއެކު ފިލި ޓެކްސީއެއް ހޯދައިފި
ފުލުހުން ބުނީ މުދަލާއެކު ފިލި ޓެކްސީ ހޯދީ ސީސީޓީވީ ކެމެރާ ބަަލައިގެން ކަމަށް
ވެރި ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅީ، އެ ކާރަށް މުދާ އެރުވުމަށްފަހު، ގެންދަންޖެހޭ ހިސާބަށް މުދާ ނުގެންދިއުމުން
މިޓެކްސީ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިލެކްޓްރޯނިކް ސާމާނުތަކެއް އަރުވައި ތަނަކަށް ގެންދަން ހަވާލުކުރުމުން ފިލި ޓެކްސީއެއް

ތަނަކަށް ގެންދަން ހަވާލުކުރި ދޮޅު ލައްކަ ރުފިޔާގެ މުދަލާއެކު ފިލި ޓެކްސީއެއް ފުލުހުން ހޯދައިފިއެވެ.

އެކަމާއި ގުޅިގެން ކުރި ޓްވީޓެއްގައި ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިލެކްޓްރޯނިކް ސާމާނުތަކެއް އަރުވައި ތަނަކަށް ގެންދަން ހަވާލުކުރުމުން ފިލި ޓެކްސީއަކީ ބުރާސްފަތި ދުވަހުގެ ހަވީރު ވީއައިއޭގެ ޓެކްސީ ކިއުއިން މުދާ ނެގި ކާރެއްކަމަށެވެ. މުދަލުގެ ވެރި ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅީ، އެ ކާރަށް މުދާ އެރުވުމަށްފަހު، ގެންދަންޖެހޭ ހިސާބަށް މުދާ ނުގެންދިއުމުންނެވެ.

ފުލުހުން ބުނީ މުދަލާއެކު ފިލި ޓެކްސީ ހޯދީ ސީސީޓީވީ ކެމެރާ ބަަލައިގެން ކަމަށެވެ. އަދި ވަގަށް ނަގަން އުޅުނު މުދާ ވެރިފަރާތާއި ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް މައްސަލައިގައި ހިމެނޭ ޓެކްސީ ޑްރައިވަރާއި މެދު ފިޔަވަޅު އެޅިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް