Advertisement
ކ. މާލެ
|
2 ޖޫން 2023 | ހުކުރު 20:20
އަލިފާން ރޯވި ބޯޓު
އަލިފާން ރޯވި ބޯޓު
އެމްއެންޑީއެފް
ދޯންޏެއްގައި ރޯވުން
މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
އަލިފާން ރޯވެފައިވަނީ "ހޮރައިޒިއާ 2" ނަމަކަށް ކިޔާ ދޯންޏެއްގައި
އެމްއާރުސީސީން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން
ދޯނީގައި 10 މީހުން ތިބި، އެންމެންގެ ހާލުވެސް ރަނގަޅު

މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ދަތުރުކުރަމުންދިޔަ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ "ހޮރައިޒިއާ 2" ގައި ކަމަށެވެ. މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ދޯނީގެ އިންޖީނު ރޫމްގައި ރޯވެގެން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

Advertisement

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 19:16 އެހާއިރު ކަމަށާއި، އެމްއެެންޑީއެފް ކޯސްޓްގާޑް މެރިޓައިން ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނީގައި އަލިފާން ރޯވެފައި ވަނީ ބ.އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

ހާދިސާ ހިނގިއިރު ދޯނީގައި ތިބީ 10 މީހުން ކަމަށާއި، އެމީހުން މިހާރު ވަނީ ފޯ ސީޒަން ރިސޯޓްގެ ލޯންޗަކަށް ނަގާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް